އިސްރާއީލުގެ ފުލުހުން އެމެރިކާގެ އެކްޓިވިސްޓެއް ހައްޔަރުކޮށްފި

އިސްރާއީލުގެ ފުލުހުން އެމެރިކާގެ އެކްޓިވިސްޓެއް ހައްޔަރުކޮށްފި

އިސްރާއީލުގެ ފުލުހުން އެމެރިކާގެ އެކްޓިވިސްޓެއް ކަމަށްވާ، މެލް ޑަންކަން ހައްޔަރުކޮށްފިއެވެ. 

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަންއާމްޑް ސިވިލިއަން ޕްރޮޓެކްޝަން އިން ޕަލަސްޓައިން (ޔޫސީޕީއައިޕީ) އިން ބުނި ގޮތުގައި، އެ ޖަމިއްޔާގެ ކޯ-ފައުންޑަރު ހައްޔަރުކޮށްފައިވަނީ ހިފާފައިވާ ވެސްޓް ބޭންކަށް ކުރި ދަތުރަށްފަހުއެވެ.

ޔޫސީޕީއައިޕީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މެލް ޑަންކަން ހައްޔަރުކުރީ ވެސްޓް ބޭންކުގެ ދަތުރުފުޅަކަށް ފަހު އިސްރާއީލުގެ ރައްޔިތުންތަކަކާ އެކު ބަހެއްގައި ޓެލް އަވީވަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ. 

އެގޮތުން އިސްރާއީލް ފުލުހުން އެ ބަސް ހުއްޓުވައި، ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން ބަސް ހިފެހެއްޓުމަށް ފަހު، އޭނާގެ ޕާސްޕޯޓު އަތުލާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި އެ ބަހުން ދަތުރުކުރި މީހުންގެ ތެރެއިން ފުލުހުން ހައްޔަރުކުރީ މެލް ޑަންކަން އެކަނި ކަމަށްވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މެލް ޑަންކަން ގާނޫނާ ހިލާފު އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާ ކަމަށް ޔޫސީޕީއައިޕީން ބުންޏެވެ. އަދި އޭނާ ހައްޔަރުކުރި ސަބަބެއް އިސްރާއީލް ފުލުހުން ހާމަކޮށްފައި ނުވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ކޮމެންޓް 0