"އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ ގުޅުމަކީ ނޭދެވޭ ގޮތެއްގައި އެކެއް އަނެކަކަށް ބަރޯސާވެފައިވާ ގުޅުމެއް"

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ. ފޮޓޯ: ރޮއިޓާސް
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ. ފޮޓޯ: ރޮއިޓާސް

އެމެރިކާއާއި އިސްރާއީލާ ދެމެދު އޮތް އަސްކަރީ ގުޅުން ކުށްވެރިކުރައްވައި، އެއީ އެކެއްގެ މައްޗަށް އަނެކަކު ބަރޯސާވެގެންވާ "ޕެރަސައިޓިކް" ނުވަތަ ނޭދެވޭ ބަރޯސާވުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްގެ ގޮތުގައި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ސިފަކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ ޢާންމު ރައްޔިތުން ޓެކުހުގެ ގޮތުގައި ދެއްކި ފައިސާއިން 11 ބިލިއަން ޑޮލަރު، އިސްރާއީލުގެ މިސައިލް ދިފާއީ ނިޒާމަށް އެމެރިކާއިން ހަރަދުކޮށްފައިވާ ކަމަށެވެ. 

އަދި އިސްރާއީލުގެ ދިފާއުގައި، އެ ގައުމުން ބޭނުންކުރި މިންވަރަށްވުރެ ވެސް ގިނައިން އެމެރިކާއިން އިންޓަރސެޕްޓަރ މިސައިލް ފޮނުވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަރާގްޗީ މިފަދައިން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިހާބަށް ދެ ހަފުތާއަށްވުރެ ކުރު މުއްދަތަކަށް ވެފައި ވަނިކޮށެވެ. 

މީގެއިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ތެރެއަށް ވޮޝިންގޓަނުން ވަންނަމުންދާ މިންވަރާމެދު އެމެރިކާގެ އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ދާދި ފަހުން ނެގުނު ހިޔާލު ހޯދުމުގެ ވޯޓުތަކުން ވަނީ ހާމަވެފައެވެ.

މެދުއިރުމަތީއީރާންއިސްރާއީލްއެމެރިކާ
ކޮމެންޓް 0