ރިޔާދުގެ އެއާޕޯޓުގައި އެތެރޭގެ އަދި ބައިނަލްއަގުވާމީ ދަތުރުތަކަށް ހާއްސަ ޓާމިނަލްތަކެއް ކަނޑައަޅައިފި

ހޫޘީންގެ ހަމަލާތަކަށް ފަހު އަލުން ދަތުރުތައް ފެށި ނަމަވެސް އެއާލައިންތަކަށް ހާއްސަ ހުއްދައެއް ބޭނުންވޭ

ރިޔާދުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓު. ފައިލް ފޮޓޯ: އޭއެފްޕީ
ރިޔާދުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓު. ފައިލް ފޮޓޯ: އޭއެފްޕީ

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން، އެ ގައުމުގެ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ދަތުރުތަކަށް ވަކި ޓާމިނަލްތަކެއް ހާއްސަކުރަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

އެގޮތުން، އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެ އެއާޕޯޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ޓާމިނަލް 1 އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްފައިވާއިރު، ޓާމިނަލް 2 ކަނޑައަޅާފައިވަނީ ބައިނަލްއަގުވާމީ ދަތުރުތަކަށެވެ.

މި ބަދަލުތައް އިއުލާންކޮށްފައި މިވަނީ، މިދިޔަ އޮކްޓޫބަރު މަހުގެ މެދުތެރޭގައި ހޫޘީން ދިން ނުރައްކާތެރި ހަމަލާތަކަކާ ގުޅިގެން އެއާޕޯޓުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުމަށް ފަހުގައެވެ. 

ބައެއް މީހުންގެ ފުރާނައަށް ގެއްލުންތަކެއް ލިބުނު އެ ހަމަލާތަކުގެ ސަބަބުން، އެއާޕޯޓުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރައިގެން ދިޔައެވެ.

ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އޮކްޓޫބަރު 17 ގައި އަލުން ފަށާފައިވީ ނަމަވެސް، އެ އެއާޕޯޓަށް ދަތުރުކުރުމަށް ސަޢޫދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހާއްސަ ހުއްދައެއް ނަގަން ޖެހޭތީ، ބައެއް އެއާލައިންތަކުން ވަނީ އެއާޕޯޓަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ މުއްދަތު އިތުރުކޮށްފައެވެ.

ހޫޘީންރިޔާދުގެ ވައިގެ ބަނދަރުކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުސަޢޫދީ ޢަރަބިއްޔާސަޢޫދީ
ކޮމެންޓް 0