އައްޑޫ ސިޓީގެ ހިތަދޫ އިން ފެށިގެން ހަންކެނޑެ އާއި ހަމައަށް ޑައިވާޝަން މަގެއް ހެދުމުގެ މަސައްކަތް ކުރަނީ، ސުންނާފަތިވެފައިވާ އައްޑޫ ސިޓީ ލިންކް ރޯޑުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. 

އައްޑޫ ލިންކް ރޯޑުގެ މަސައްކަތާއި ގުޅޭގޮތުން މިރޭ އައްޑޫޕްލަސް އާއި ވާހަކަ ދައްކަވަމުން އޮފިޝަލް ވިދާޅުވީ، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިހާރު ހިއްކި ބިމުގައި ހަދާ ޑައިވާޝަން މަގުގެ ބޭނުމަކީ ލިންކް ރޯޑުގެ މަސައްކަތް ފެށުމުން ހިތަދޫއިން ފެށިގެން ހަންކެޑެ އާއި ހިސާބަށް ދެވޭނެ މަގެއް ބޭއްވުން ކަމަށެވެ. 

އޭނާ މިހެން ވިދާޅުވެފައިވާއިރު ލިންކް ރޯޑުގެ ސާވޭ މަސައްކަތްތަކެއް ކުރުމަށް ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގެ މުވައްޒަފުން އައްޑޫގައި ހަރަކާތްތެރިވަމުން އެބަދެއެެވެ.

އައްޑޫގެ ލިންކްރޯޑުގެ މަސައްކަތް ލަސްވެފައިވާތީ ރައްޔިތުންގެ ގިނަބަޔަކު އެކަމާއި ނުރުހުން ފާޅުކުރެއެެވެ. އެގޮތުން އަންނަ ހުކުރު ދުވަހު ޒުވާނުންތަކެއް ލިންކްރޯޑްގެ މައްސަލައިގައި މުޒާހަރާކުރާނެ ކަން ވެސް ވަނީ އިއުލާންކޮށްފައެވެ.