އައްޑޫ ޒުވާނުންގެ މުޒާހަރާއަށް ބޮޑު ތަރުހީބެއް

ލިންކް ރޯޑުގެ މަސައްކަތް އަވަސް ކުރަން ގޮވާލައި އައްޑޫ ޒުވާނުން މުޒާހަރާކޮށްފި
ލިންކް ރޯޑުގެ މަސައްކަތް އަވަސް ކުރަން ގޮވާލައި އައްޑޫ ޒުވާނުން މުޒާހަރާކޮށްފި

އައްޑޫ ލިންކް ރޯޑުގެ މަސައްކަތް އަވަސް ކުރަން ގޮވާލައި، އައްޑޫގެ ގިނަ އަދަދެއްގެ ޒުވާނުން ކުރި މުޒާހަރާއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މިއީ ފަހުގެ ތާރީހެއްގެ އިޖުތިމާއީ ބޮޑު މައްސަލައަކާ ގުޅިގެން މިފަދަ ހަރަކާތެއްގައި އައްޑޫގައި އެންމެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވީ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޖުމުލަ 16 ކިލޯމީޓަރު ދިގު ލިންކް ރޯޑުގެ އަޑިގުޑުންތަކާ ހުރެ ދުއްވާ މީހުންނަށް އެ މަގު ބޭނުންކުރަން ނުރައްކަލަކަށްވެފައިވާ ކަމަށާއި، އޭގެ ސަބަބުން އުޅަނދުފަހަރަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ވާހަކަ ބަޔާންކޮށްދޭ ބޯޑުތައް ދައްކާލައިފައިވެއެވެ.

މީގެއިތުރުން، 2028 ވަނަ އަހަރު ޖެހެންދެން އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ނުފަށައި، ލަސްނުކޮށް އެ މަސައްކަތް ވީހާވެސް އަވަސްކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.

މިއަދުގެ ހަރަކާތުގައި ސިޔާސީ ފަރާތްތަކުން ބައިވެރިވެފައިނުވާއިރު، އައްޑޫގެ ގިނަ އަދަދެއްގެ ޒުވާނުން ފެނިގެންގޮސްފައިވެއެވެ.

މިއީ ކާމިޔާބު ހަރަކާތެއް ކަމަށާއި، ބައިވެރިވީ އެންމެހައި ފަރާތްތަކަށާއި މިކަމުގައި އެއްބާރުލުން ދިން އެންމެންނަށް އިންތިޒާމްކުރި ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އައްޑޫ ސިޓީއައްޑޫއައްޑޫ ލިންކް ރޯޑު
ގުޅުންހުރި ޚަބަރު
ކޮމެންޓް 1
Ansa1 ދުވަސް ކުރިން

Mee mdp adiye thibe ketaa kamah