ސިޓީ ސްކުއެއާގެ ދިދަ ދަނޑީގެ ވިންޗް މަރާމާތުކޮށް އާ ވިންޗެއް ހަރުކޮށްދޭނެ ފަރާތެއް ހޯދަނީ
އައްޑޫ ސިޓީ ސްކުއެއާގައި ހުންނަ ދިދަ ދަނޑީގެ ވިންޗް ސިސްޓަމް މަރާމާތުކޮށް، އާ ވިންޗެއް ހޯދައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި މިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެންބަރު 1 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން ނޮވެންބަރު 4 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ދީފައެވެ.
ރަޖިސްޓްރީވުމަށްޓަކައި ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް، ކައުންސިލްގެ ޕްރޮކިއުމަންޓް ޔުނިޓުގެ [email protected] އަށް މެއިލްކުރަން ޖެހެއެވެ. މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަސައްކަތާ ގުޅޭ މައުލޫމާތު ޝީޓާއި ބިޑް ފޯމު ސޮފްޓްކޮޕީ ފޯމެޓުގައި ފޮނުވޭނެއެވެ.
ބީލަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ނޮވެންބަރު 1 ގެ 10:00 އިން ފެށިގެން ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ދެމެދު ވަނީ ހުޅުވާލާފައެވެ. ފޮނުވާ ސުވާލުތަކުގެ ޖަވާބު ނޮވެންބަރު 8 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ޑޮކިއުމެންޓް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައިނުގަނެ، އަނބުރާ ރައްދުކުރެވޭނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، އޭގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ތާރީހާއި ވަގުތުގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ނަން ސާފުކޮށް ލިޔެވިފައި އޮންނަންވާނެއެވެ. މަސައްކަތް ހަވާލުކުރާނެ އުސޫލާއި، މާކްސް ދިނުމުގެ މިންގަނޑުތައް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.