އައްޑޫ ހިތަދޫ ސްކޫލުގެ ޔޫކޭޖީ ދަރިވަރުން ގަން އެއާޕޯޓަށް ޒިޔާރަތްކޮށްފި

މަތިންދާބޯޓަކަށް އަރައި ޕައިލެޓުންނާއި ކުރޫއިންނާ ބައްދަލުކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދިޔަ

އައްޑޫ ހިތަދޫ ސްކޫލުގެ ޔޫކޭޖީ ދަރިވަރުން ގަން އެއާޕޯޓަށް ޒިޔާރަތްކޮށްފި

އައްޑޫ ހިތަދޫ ސްކޫލުގެ ޔޫކޭޖީގައި ކިޔަވާ ދަރިވަރުންތަކެއް ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) އަށް ޒިޔާރަތްކޮށްފިއެވެ.

މި ދަތުރުގެ ތެރެއިން އެ ދަރިވަރުން ވަނީ ބޯޑިން ޕާސް ނެގުމަށް ފަހު، މަތިންދާބޯޓަކަށް އަރައި އޭގެ އެތެރެ ބަލާލާފައެވެ. އަދި ބޯޓުގެ ޕައިލެޓުންނާއި ކުރޫއިންނާ ބައްދަލުކުރުމުގެ ފުރުސަތުވެސް އެ ކުދިންނަށް ލިބިގެންދިޔައެވެ.

މި ހަރަކާތުގެ ތެރެއިން، ބޯޑިން ޕާސް ލިބި ބޯޓަށް އެރުމުގެ ތަޖުރިބާއާއެކު އެކުދިންގެ މޫނުމަތިން ފެނުނު އުފާވެރިކަމާއި ޝައުގުވެރިކަމުގެ ސަބަބުން މި ދަތުރު ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ.

މިއީ ހަމައެކަނި އެއާޕޯޓަކަށް ކުރި ޒިޔާރަތަކަށް ވުރެ ބޮޑަށް، އާ ކަންކަން ހޯދައި ބެލުމަށާއި، ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވުމުގެ އިތުރުން، ދަރިވަރުންގެ ހަނދާނުގައި ހަރުލާފަދަ ތަޖުރިބާއެއް ހޯދުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

މި ޒިޔާރަތުގައި ދަރިވަރުންނަށް ކިޔައިދިން ހޫނު މަރުހަބާއަށާއި، މި ތަޖުރިބާއަކީ ކުދިންނަށް ހަނދާނުން ފޮހެލުމަށް ދަތި އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުން ޖީއައިއޭގެ ޓީމުން ކޮށްދިން މަސައްކަތަށް، ހިތަދޫ ސްކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އައްޑޫ ސިޓީއައްޑޫހިތަދޫ ސްކޫލްއައްޑޫ ހިތަދޫޔޫކޭޖީގަން އެއާޕޯޓްގަން އިންޓަރނޭޝަނަލް އެއާޕޯޓް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0