އައްޑޫ މަރަދޫ ބިނާވެށި ޕްލޭނަށް ބަދަލު ގެނައުމާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލުކުރަނީ

އައްޑޫ މަރަދޫގެ މަގެއް.
އައްޑޫ މަރަދޫގެ މަގެއް.

އައްޑޫ ސިޓީ މަރަދޫ ބިނާވެށި ޕްލޭނަށް ބަދަލު ގެނައުމަށްޓަކައި، އަވަށުގެ ރައްޔިތުންނާއެކު ބާއްވާ ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުން އޮންނާނީ 01 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ ރޭ 20:30 ގައި މަރަދޫ ކަސްޓަމްސް ހޯލުގައެވެ.

މި ބައްދަލުވުމަކީ މަރަދޫގެ ބިނާވެށި ޕްލޭނަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމަކަށް ވާތީ، މަރަދޫގެ ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އައްޑޫ ސިޓީ ކައުންސިލްއައްޑޫ ސިޓީއައްޑޫމަރަދޫ އަވަށްއައްޑޫ މަރަދޫބިނާވެށި
ގުޅުންހުރި ޚަބަރު
ކޮމެންޓް 0