އައްޑޫގެ ތާރީޚުގައި ހޮސްޕިޓަލަށް އެންމެ ބޮޑު ބަޖެޓު ކަނޑައަޅައިފި
އައްޑޫގެ ތާރީޚުގައި އެ ސިޓީގައި، ހޮސްޕިޓަލަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބަޖެޓްގައި އައްޑޫގެ މައި ހޮސްޕިޓަލް އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލަށް ވަނީ، 269.1 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. މިއީ ފާއިތުވި 2 އަހަރު ކަނޑައަޅައިފައިވާ ބަޖެޓަށް ވުރެ ބޮޑު އަދަދެކެވެ.
2025 ގައި ކަނޑައެޅީ 252.5 މިލިއަންގެ ބަޖެޓެކެވެ. އަދި 2026 އަށް ކަނޑައަޅީ 260.5 މިލިއން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓު މިއީ އައްޑޫގެ ހޮސްޕިޓަލަށް ސަރުކާރަކުން ކަނޑައެޅި އެންމެ ބޮޑު ބަޖެޓްކަން ފާހަގަކޮށްލެވެއެވެ.
އޭއީއެޗް އަކީ މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވާ ހޮސްޕިޓަލްތަކަށް ފަހު ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލެވެ. އަދި އެ ހޮސްޕިޓަލަކީ ރާއްޖޭގެ މާލެ ސަރަހައްދު ފިޔަވައި އެންމެ ބޮޑު އާބާދީއަކަށް ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލް ވެސް މެއެވެ.