ބްރޭކިންގކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފި

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އަބްދުﷲ ޝާޙިދު ޖިންސީ ގޯނާގެ ތުހުމަތުގައި މިރޭ ހައްޔަރުކޮށްފި އެވެ.

ސަރުކާޜުގެ އޮފިޝަލަކު ކަށަވަރުކޮށްދިން ގޮތުގައި ޝާހިދު ހައްޔަރުކޮށްފައި ވަނީ، ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދާދި ދެންމެއަކު އެވެ.

މިރޭ މީގެ ކުރިން ވެސް ޝާހިދު ހައްޔަރުކުރަން ފުލުުހުން ދިޔަކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. އެފަދައިން ރިޕޯޓްކޮށްފައި ވަނިކޮށް ޝާހިދު ކުރި ޓްވީޓެއްގައި ވަނީ އެވާހަކަތަކަކީ ޝަޚްޞު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރާ އަސްލެއް ނެތް ދޮގެއްކަމަށެވެ. އެހެން ނަމަވެސް ޝާހިދު ހައްޔަރުކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

 މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދު އާއި ދެކޮޅަށް މައްސަލަ ހުށަހެޅީ އޭނާ އާއި އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ ފަރާތަކުންނެވެ. އެ މައްސަލަ ހުށަހެޅުމާއި އެކު މައްސަލައިގެ ސީރިއަސް ކަމަށް ބަލައި، ފުލުހުން ވަނީ ކޯޓު އަމުރު ނަގާފައެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް 0