ފަސްޓް ލޭޑީ، ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ފަސްޓް ލޭޑީ، ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި އެކަމަނާ ވަނީ، ހުރަވީ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވައި، މިނިވަންކަމުގެ ނިއުމަތުގައި ތާއަބަދު ދިވެހިން ލެހެއްޓެވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

"ދޮންބަންޑާރައިންނާއި، އަރިހުގައި ޖިހާދުކުރެއްވި ހިތްވަރުގަދަ ދަރީންނަށް، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، އަޖުރާއި ދަރުމަ އިތުރުކޮށްދެއްވާށި." ފަސްޓް ލޭޑީ ވިދާޅުވިއެވެ.

ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ދިވެހިރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވި ތާރީޚީ ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ ދިވެހި ގައުމީ އަބްތާލުންގެ ޒިކުރާ، އަމަލީ ގޮތުން ދިރުވައި އާލާކޮށް، އެ ބަތަލުން ހޯއްދަވައިދެއްވި މިނިވަންކަމާއި، ގައުމިއްޔަތު ދެމެހެއްޓުމުގެ އަޒުމާއި، ޖޯޝް، ދިވެހި ހިތްތަކުގައި ދިރުވާ ދެމެހެއްޓުމުގެ މަގުސަދުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންފަސްޓް ލޭޑީހުރަވީ ދުވަސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0