އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްގީއަކާ އެއްވަރަށް މިންކުރެވޭ ތަރައްގީއެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގައުމުދެކެ ލޯބިވާ، ގައުމަށް ވަފާތެރި، ގައުމަށް ހިދުމަތްކުރާނެ، މައިންބަފައިން ފަހުރުވެރިވާނެފަދަ ޒުވާނެއް ބިނާކުރުމަކީ އިމާރާތްތަކެއް ބިނާކުރުމަށްވުރެ މާ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވި.

އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްގީއަކާ އެއްވަރަށް މިންކުރެވޭ ތަރައްގީއެއް: ރައީސް

އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްގީއަކާ އެއްވަރަށް މިންކުރެވޭ ތަރައްގީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގަ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ވެރިކަން ހިންގުމުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޒުވާނުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި، މީހުން ބިނާކުރުމަށް މި ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ފެއްޓެވި ދިވެހި ވަތަނީ ހިދުމަތުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. 

އެގޮތުން މި ޕްރޮގްރާމުގެ ދަށުން 1028 ކުދިން ވަތަނީ ހިދުމަތުގެ ތަމްރީނު މިހާތަނަށް ފުރިހަމަ ކޮށްފައިވާކަމަށާއި މިހާރުވެސް ތިންސަތޭކަ އެތައް ކުދިންނެއް މި ތަމްރީނު ފުރިހަމަ ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރު ދެމިއޮތްހާ ދުވަހަކު، އަހަރަކު އެއްހާސް ކުދިން މަދުވެގެން ތަމްރީނު ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގައުމުދެކެ ލޯބިވާ، ގައުމަށް ވަފާތެރި، ގައުމަށް ހިދުމަތްކުރާނެ، މައިންބަފައިން ފަހުރުވެރިވާނެފަދަ ޒުވާނެއް ބިނާކުރުމަކީ އިމާރާތްތަކެއް ބިނާކުރުމަށްވުރެ މާ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރުން ކުރާނީ އެފަދަ ބިނާކުރަނިވި، ފައިދާވާ، މާނަހުރި ދެމެހެއްޓެނިވި ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަތީބުން ބިނާކުރުމަކީ މީގެ ކުރިން ކުރަމުންއައި ކަމެއް ނޫންކަން ފާހަގަކުރައްވައި، ސަރުކާރުން ޒުވާން ހަތީބުން ބިނާކުރަން ދެއްވާ އަހަންމިއްޔަތު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިސަރުކާރުން މިހާތަނަށް 717 ޒުވާން ހަތީބުން ބިނާކުރައްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މިއަދަދު 1000 އާއި ހަމައަށް ގެންދެވޭތޯ މަސައްކަތް ކުރައްވަމުންގެންދަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ޒުވާން ހަތީބުންނަކީ އެކުދީންގެ ފަރާތުން މުޖުތަމަޢަށް ބޮޑު ދަރުމައެއް ލިބިދޭ ބައެއް ކަމަށާއި މިއީ އެކުއްޖާއަށާއި މުޖުތަމަޢަށް އެކަމުން ސަވާބު ލިބި މައިންބަފައިންނަށް އޭގެ އުފާވެރިކަން ގެނެސްދޭނެ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

ރައީސް މުޢިއްޒުރައީސުލްޖުމްހޫރިއްޔާރައީސް ޑރ. މުޙައްމަދު މުޢިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0