އޭއީއެޗްގެ މުވައްޒަފުންނަށް ދައުވާ ކުރުމާއި މެދު މި ހަފްތާގައި ގޮތެއް ނިންމަނީ

އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އޭއީއެޗްގެ 4 މުވައްޒަފުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވީ، 34،000 ރުފިޔާއަށް ގަނެވެން ހުރި ލެބޯޓަރީ ކޮންސިއުމަބަލްސް އައިޓަމެއް 1،765،800 ރުފިޔާއަށް ގަތް މައްސަލައެއްގައި.

އޭއީއެޗްގެ މުވައްޒަފުންނަށް ދައުވާ ކުރުމާއި މެދު މި ހަފްތާގައި ގޮތެއް ނިންމަނީ

މާކެޓް އަގު ކަށަވަރު ނުކޮށް ބޮޑު އަގުގައި ލެބޯޓަރީ ތަކެތި ގަތް މައްސަލައެއްގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކުރުމާއި މެދު މި ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. 

ޕީޖީ އޮފީހުގެ މީޑިޔާ އޮފިޝަލް ޝަފީއު މިއަދު އައްޑޫޕްލަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލައިގައި ދައުވާ ކުރުމާއި މެދު އެ އޮފީހުން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މި ހަފްތާގައި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ. 

އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އޭއީއެޗްގެ 4 މުވައްޒަފުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވީ،  34،000 ރުފިޔާއަށް ގަނެވެން ހުރި ލެބޯޓަރީ ކޮންސިއުމަބަލްސް އައިޓަމެއް 1،765،800 ރުފިޔާއަށް ގަތް މައްސަލައެއްގައެވެ.

މި މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ ސ. ހިތަދޫ، ފިޔަނޫމާގޭ މުހައްމަދު ސާއިން އަހްމަދާއި، އެ ރަށު އެވެރެސްޓު އަޒީމް ލަތީފާއި، ތައުރުއްގޭ އަބްދުﷲ ވަހީދުގެ އިތުރުން ހަންހާރުގޭ ޑރ. ފާތިމަތު އަމާނީ ނަސީރުގެ މައްޗަށެވެ. މީގެ ތެރެއިން ސާއިންއަކީ ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ޕްރޮކިއުމަންޓް އޮފިސަރު އަދި ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ފަރާތެވެ. ސީނިއާ ހެލްތުކެއާ އެޑްމިނިސްޓްރޭޝަން އޮފިސަރު އަޒީމަކީ އެ ތަކެތި ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއާޕާސަނެވެ. އަދި ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު އަބްދުﷲ ވަހީދާއި ޕީޑިއެޓްރީޝަން ޑރ. ފާތިމަތު އަމާނީއަކީ އެ ބިޑު ކޮމިޓީގެ ދެ މެންބަރުންނެވެ.

އޭސީސީން ބުނި ގޮތުގައި، މި މައްސަލަ ފެންމަތިވީ އޭއީއެޗާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންސިއުމަބަލްސް ހޯދުމަށް 2025 ވަނަ އަހަރު ކުރި އިއުލާނަކާ ގުޅިގެންނެވެ. އެ އިއުލާނުގެ ދަށުން 40،000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް ހުޅުވާލުމުން ބީލަން ހުށަހެޅީ އެންމެ ފަރާތަކުން ކަމަށާއި، އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ ތަކެތި ގަނެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.


އައްޑޫ ހޮސްޕިޓަލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0