އިރުޝާދިއްޔާގެ އާޝީއާއި ސިއާ އިނގިރޭސި މާއްދާއިން ކޭމްބްރިޖް ވޯލްޑް ރޭންކުގެ އެއްވަނަ ހާސިލްކޮށްފި
މި ދެ ދަރިވަރުން ވަނީ، އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގުއޭޖް މާއްދާއިން އެއްވަނަ ހޯދައި އައުޓްސްޓޭންޑިންގ ކޭމްބްރިޖް ލާނަރ އެވޯޑް ހާސިލުކޮށްފަ.
އައްޑޫ އިރުޝާދިއްޔާ ސްކޫލުގެ އައިޝަތު އާޝީ އާބިދާއި އާމިނަތު ސިއާ ރަޝީދު އިނގިރޭސި މާއްދާއިން ދުނިޔޭގެ އެއްވަނަ ހާސިލްކޮށްފިއެވެ.
އައިޝަތު އާޝީ އާބިދާއި އާމިނަތު ސިއާ ރަޝީދު، އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގުއޭޖް މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދައިފިއެވެ.
މި ދެ ދަރިވަރުން ވަނީ މި މާއްދާއިން ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ މަތީ ވަނަ ހާސިލުކޮށްފައެވެ.
އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގުއޭޖް މާއްދާއިން ދުނިޔޭގެ އެއްވަނަ ހޯދުމާ ގުޅިގެން، އައިޝަތު އާޝީ އާބިދާއި އާމިނަތު ސިއާ ރަޝީދަށް ވަނީ އައުޓްސްޓޭންޑިންގ ކޭމްބްރިޖް ލާނަރ އެވޯޑް ވެސް ލިބިފައެވެ. މި އެވޯޑް އެ ދެ ދަރިވަރުން ހާސިލުކުރީ އެ މާއްދާއިން ދުނިޔޭގެ އެންމެ މަތީ ވަނަ ހޯދައިގެންނެވެ.