ހިތަދޫ ސްކޫލްގެ ޔޫނުސް ކޭމްބްރިޖްގެ އައުޓްސްޓޭންޑިން ލާނާ އެވޯޑު ހާސިލްކޮށްފި

ޔޫނުސް ވަނީ ކޭމްބްރިޖް އައިޖީސީއެސްއީ ކެމިސްޓްރީ އާއި އިނގިރޭސި މާއްދާއިން ރާއްޖެއިން އެއްވަނަ ހޯދައިގެން ހިތަދޫ ސްކޫލް ފަހުރުވެރިކޮށްދީފަ.

ހިތަދޫ ސްކޫލްގެ ޔޫނުސް ކޭމްބްރިޖްގެ އައުޓްސްޓޭންޑިން ލާނާ އެވޯޑު ހާސިލްކޮށްފި

އައްޑޫ ހިތަދޫ ސްކޫލުގެ ޔޫނުސް އިމްރާން ސޯލިހު، ކޭމްބްރިޖްގެ އައުޓްސްޓޭންޑިންގ ލާނާ އެވޯޑު ހާސިލްކޮށްފިއެވެ.

އޭނާއަށް މި ޝަރަފުވެރި އެވޯޑު ލިބިފައިވަނީ ކޭމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުގައި ކެމިސްޓްރީގެ އިތުރުން އިނގިރޭސި މާއްދާއިން މުޅި ދިވެހިރާއްޖެއިން އެއްވަނަ ހޯދައިގެންނެވެ.

މި ކާމިޔާބީއާ ގުޅިގެން ހިތަދޫ ސްކޫލުގެ ފަރާތުން ވަނީ ޔޫނުސް އިމްރާން ސޯލިހަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. 

އެ ސްކޫލުން ބުނި ގޮތުގައި، މި ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ތަޢުލީމީ ރޮނގުން ކުރިއަށް ދިއުމަށް އޭނާ ދައްކާފައިވާ ހިތްވަރާއި، ކުރި ބުރަ މަސައްކަތުގެ އިތުރުން، އެންމެ މަތީ ވަނަތައް ހާސިލުކުރުމަށް އޭނާގެ ކިބައިގައި ހުރި ފުރިހަމަ އަޒުމުގެ ހެކި ދައްކުވައިދޭ ކަމެކެވެ.

މީގެ އިތުރުން، ޔޫނުސް އިމްރާން ސޯލިހު ހޯދި މި ކާމިޔާބީގެ ސަބަބުން އޭނާގެ އާއިލާއަށާއި، ކިޔަވައިދެއްވި މުދައްރިސުންނަށާއި، އަދި މުޅި ހިތަދޫ ސްކޫލުގެ މުޖުތަމައުއަށް ވަރަށް ބޮޑު ފަހުރުވެރިކަމެއް ލިބިގެން ގޮސްފައިވާ ކަމަށް އެ ސްކޫލުން ފާހަގަކުރިއެވެ. 

އަދި މި ކާމިޔާބީއަކީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ކާމިޔާބީތަކެއް އޭނާއަށް ހާސިލުވުމުގެ ފެށުން ކަމުގައި ވުމަށް އެދޭ ކަމަށް ވެސް ހިތަދޫ ސްކޫލުން ބުންޏެވެ.

އައްޑޫހިތަދޫ ސްކޫލްއައްޑޫ ހިތަދޫކޭމްބްރިޖް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0