އެޗްއާރްސީއެމްގެ ދެކުނުގެ ސަރަހައްދީ އޮފީސް އައްޑޫގައި ގާއިމުކުރަނީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ދެކުނު ސަރަހައްދީ އޮފީސް އައްޑޫ ސިޓީގައި ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދެކުނުގެ ސަރަހައްދީ އޮފީސް ގާއިމުކުރުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް އެއްބަސްވެ،
އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ. މި އެއްބަސްވުމުގައި އެޗްއާރްސީއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް، ޑރ. ޢާއިޝަތު ރަމީލާއެވެ.
އެޗްއާރްސީއެމް
އިން ބުނި ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރުމަކީ ދެކުނު ސަރަހައްދުގައި އެ ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަދި އައްޑޫގައި ދެކުނު ސަރަހައްދީ އޮފީސް ގާއިމުކުރުމަށް ބިން ހަމަޖެހިގެންދިއުމާއެކު، އެ ސަރަހައްދުގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
އެޗްއާރްސީއެމް އިން އައްޑޫ ސިޓީއަށް ކުރަމުންދާ ދަތުރުގެ ތެރެއިން، މިއަދު ވަނީ އައްޑޫ ހުޅުދޫއާއި މީދޫ ކައުންސިލާ ބައްދަލުކޮށްފައެވެ.