އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިއަދުގެ ހަވީރުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވަނީ ފޭދޫ ބްލޫސްޓަރ ގޭގައެވެ. މި ހާދިސާ ހިނގާފައިވަނީ ކަރަންޓު ބޯޑެއް ޝޯޓްވެގެން ކަމަށް މައުލޫމާތުލިބެއެވެ.

މި ހާދިސާއާ ގުޅިގެން އެގެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފޭދޫ އަވަށު އޮފީހުން ވަނީ ބުނެފައެވެ.
ފޭދޫ އަވަށު އޮފީހުން ބުނީ، މި އަލިފާނުގެ ހާދިސާ ހިނގުމާއެކު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއާއި، އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑާއި، ޢާންމު ފަރާތްތަކުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާތީވެ އެކަމަށް އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
ކައުންސިލްގެ ފަރާތުން އެގޭގައި ދިރިއުޅޭ އާއިލާއަށް އިތުރަށް ބޭނުންވާ އެހީތެރިކަން ބަލައި އެހީ ފޯރުކޮށްދެމުން ގެންދާކަމުގައި ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އައްޑޫ ސިޓީ މޭޔަރާއި ކައުންސިލަރުންގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް، ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.