ކޭމްބްރިޖް އައުޓްސްޓޭންޑިން އެވޯޑް ޝަރަފުއްދީންގެ ތިން ދަރިވަރަކު ހާސިލްކޮށްފި

މި ތިން ދަރިވަރުންވެސް މުޅި ދުނިޔޭން އެއްވަނަ ހޯދާފައިވަނީ އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް މާއްދާއިން.

ފާތިމަތު އަނުމް (ކ)، އާން އަފްޒަލް (މ) އާއި މަރިޔަމް ޒާނާ.
ފާތިމަތު އަނުމް (ކ)، އާން އަފްޒަލް (މ) އާއި މަރިޔަމް ޒާނާ.

އައްޑޫ ޝަރަފުއްދީން ސްކޫލުގެ ތިން ދަރިވަރަކު ކޭމްބްރިޖް އައުޓްސްޓޭންޑިންގ ލާނަރ އެވޯޑްސްގައި އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް މާއްދާއިން ދުނިޔޭގެ އެއްވަނަ ހޯދައިފިއެވެ. 

ކޭމްބްރިޖް އައުޓްސްޓޭންޑިންގ ލާނަރ އެވޯޑްސްގައި މި ޝަރަފުވެރި ވަނަތައް ހޯދާފައިވަނީ ޝަރަފުއްދީން ސްކޫލުގެ މަރިޔަމް ޒާނާ ޒަމީންއާއި، ފާތިމަތު އަނުމް މުހައްމަދު ނަސީމްގެ އިތުރުން އާން އަފްޒަލް އާދަމްއެވެ.   

މި ތިން ދަރިވަރުން ވަނީ އެ މާއްދާއިން ދުނިޔޭގެ އެންމެ މަތީ ވަނަ ކަމަށްވާ "ޓޮޕް އިން ދަ ވޯލްޑް" (އެއްވަނަ) ހޯދުމުގެ އިތުރުން، މުޅި ދިވެހިރާއްޖެއިންވެސް އެ މާއްދާއިން އެންމެ މަތީ ވަނަ ("ޓޮޕް އިން ދަ މޯލްޑިވްސް") ހޯދި ދަރިވަރުންގެ ގޮތުގައި ފާހަގަކުރެވިފައެވެ.


އައްޑޫ ސިޓީއައްޑޫޝަރަފުއްދީން ސްކޫލްކޭމްބްރިޖް އައުޓްސްޓޭންޑިންގ ލާނަރ އެވޯޑްސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0