ކޯޓަށް ހާޒިރުކުރުމަށް ހިތަދޫ މީހަކު ހޯދަނީ

އައްޑޫ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް.
އައްޑޫ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް.

ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް އައްޑޫ ހިތަދޫ މީހަކު ހޯދަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ޕިންކްހައުސް / ސ. ފޭދޫ، އަހުމަދު ސަރީރު (44އ) އެވެ.

އަހުމަދު ސަރީރު ހޯދަމުންދަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2026 ނޮވެންބަރު 23ވަނަ ދުވަހުގެ 14:00އަށް އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އަހުމަދު ސަރީރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އައްޑޫ ސިޓީއައްޑޫއައްޑޫ ހިތަދޫފުލުހުންކްރިމިނަލް ކޯޓްހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0