އައްޑޫ ހުޅުދޫ ޑަބްލިއުޑީސީގެ "ފަތްމިނި ހޭންޑްބޯލް ޓޯނަމަންޓް 2027" އަންނަ ޖަނަވަރީގައި
އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ "ފަތްމިނި ހޭންޑްބޯލް ޓޯނަމަންޓް 2027" އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
ހުޅުދޫ ޑަބްލިއުޑީސީން ބުނީ، މި ހޭންޑްބޯޅަ މުބާރާތް ބާއްވާނެ ސީދާ ތާރީހެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ.
މި މުބާރާތަކީ، އައްޑޫ ހުޅުދޫގެ އަންހެނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ހުނަރުވެރި ކުޅުންތެރިން ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.
ހޭންޑްބޯޅަ އަކީ ރާއްޖޭގެ ރަށްތަކުގައި މިހާރު މަގުބޫލުކަން އިތުރުވަމުން އަންނަ ކުޅިވަރެކެވެ.
ދާދިފަހުން، އައްޑޫ މީދޫ ޑަބްލިއުޑީސީން ވެސް ވަނީ ހޭންޑްބޯޅަ މުބާރާތެއް ބާއްވާފައެވެ.