އެއިޑްސް ދުވަހަށް ތައްޔާރުވުމަށް ކުރިއަށްގެންދިޔަ ސާފު ކުރުމުގެ ހަރަކާތް ކާމިޔާބު!
ދުނިޔޭގެ އެއިޑްސް ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ހުޅުދުއާއި މީދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ސާފު ކުރުމުގެ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެގޮތުން، އިއްޔެ ވަނީ ހުޅުމީދޫ ޕޮލިސް ދަނޑު ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތުގައި ހުޅުދޫއާއި މީދޫ ކައުންސިލާއި، އެ ދެ ރަށުގެ އެކި މުއައްސަސާތަކާއި، ޖަމިއްޔާތަކުގެ އިތުރުން ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެ، އަދި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް އިންތިޒާމުކުރި ފަރާތުން ޝުކުރު އަދާކޮށްފައިވާއިރު، މި ހަރަކާތް ފެށުނީއްސުރެ ނިމެންދެން ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މަޖްލިސް މެންބަރު، މުޙައްމަދު ޝާހިދު (ޝާޑު) ބައިވެރިވެވަޑައިގެން، ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މެންބަރަށްވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން، މި ހަރަކާތުގެ ރިފްރެޝްމަންޓް ތައްޔާރުކޮށްދިނުމުން އެކަމަށްޓަކައި، "އާރު ފަންނު" ގެ ހީވާގި ޓީމަށް ވެސް ވަނީ ޝުކުރު އަދާކޮށްފައިވާއިރު، ސާފު ކުރުމުގެ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލެވުނީ ހުރިހާ ފަރާތްތަކުން ވެދެއްވި ދީލަތި އެހީތެރިކަމުގެ ސަބަބުން ކަންވެސް ވަނީ ފާހަގަކޮށްފައެވެ.