އައްޑޫގައި ކޮންމެ 2 ދުވަހަކުން ޖިނާއީ ދައުވާއެއް އުފުލާ

ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ދައުވާތައް

ޕީޖީ އޮފީހުގެ އައްޑޫ ގޮފި ހިންގާ އިމާރާތް.
ޕީޖީ އޮފީހުގެ އައްޑޫ ގޮފި ހިންގާ އިމާރާތް.

އައްޑޫ ސިޓީން ހުށަހެޅުނު މައްސަލަތަކުގައި މި އަހަރުގެ މިހާތަނަށް 166 ޖިނާއީ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން އުފުލައިފިއެވެ. 

ޕީޖީ އޮފީހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު،  މި އަހަރުގެ މި މުއްދަތަށް ބަލާއިރު މިއީ އެވްރެޖްކޮށް ކޮންމެ ދެ ދުވަހަކުން ޖިނާއީ ދައުވާއެއް އުފުލައިފައިވެއެވެ.

ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އައްޑޫ ސިޓީގެ ކޯޓުތަކަށް އެ އޮފީހުން ހުށަހެޅި ޖިނާއީ މައްސަލަތަކުގެ ތެރެއިން ބޮޑު އިންސައްތައެއް ނިސްބަތްވަނީ ފިރިހެނުންނަށެވެ. އެގޮތުން އެ ސިޓީގެ ކޯޓުތަކަށް ހުށަހެޅި ޖިނާއީ މައްސަލަތަކުގެ 98 އިންސައްތަ މައްސަލައިގައި ދައުވާ އުފުލައިފައިވަނީ ފިރިހެނުންގެ މައްޗަށެވެ.

ޕީޖީ އޮފީހުން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެ އޮފީހުގެ އައްޑޫ ގޮފިން އެ ސިޓީގެ ކޯޓުތަކަށް ޖިނާއީ ދައުވާކުރުމަށް ޖުމްލަ 133 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އަދި އޭގެ ތެރެއިން 130 ދައުވާއަކީ ފިރިހެނުންގެ މައްޗަށް އުފުލައިފައިވާ ދައުވާތަކެވެ.

ޕީޖީ އޮފީސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0