ބްރޭކިންގކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފި

ޔުނައިޓެޑް ރެލިގޭޓްވުމަކީ ހަގީގަތަކަށްވުން އެކަށީގެންވާ ކަމެއް: ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު، އެރިކް ޓެން ހާގް. ފޮޓޯ: ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު، އެރިކް ޓެން ހާގް. ފޮޓޯ: ރޮއިޓާސް

މި ހަފްތާގެ ހޮނިހިރު ދުވަހު ޗެލްސީ އަތުން 2-0 އިން ބަލިވެ، ރެލިގޭޝަން ޒޯނާ އެއް ދަރަޖަ މަތީގައި އޮތުމުން، އިނގިރޭސި ޕްރިމިއަރ ލީގުގެ ވަރުގަދަކަމުގެ ސަބަބުން މެންޗެސްޓަރ ޔުނައިޓެޑް ރެލިގޭޓްވުމަކީ ހަގީގަތަކަށް ވުން އެކަށީގެންވާ ކަމެއް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

މިހާތަނަށް ކުޅުނު ނުވަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ 17 ވަނައިގައެވެ. އެއީ، މިވަގުތު ލަނޑުގެ ތަފާތުން ރެލިގޭޝަންގެ އެންމެ ފަހު ޖާގައިގައި އޮތް ކްރިސްޓަލް ޕެލަސްއަށް ވުރެ ކުރީގައެވެ. އެ ޓީމަށް ވޭތުވެދިޔަ ނުވަ މެޗުން މޮޅެއް ނުލިބި އޮތުމަކީ 1984 ވަނަ އަހަރަށްފަހު މޮޅެއް ނުލިބި އެންމެ ގިނަ ދުވަސް ހޭދަކުރި ފަހަރެވެ.

ޗެލްސީއާ ދެކޮޅަށް ނިކުތުމުގެ ކުރީން، އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން 3-0 އިން ބަލިވެ، ޗެމްޕިއަންސް ލީގުގައި ކޯމޯ އަތުން 4-1 އިން ލަދުވެތި ބައްޔެއް ވި ނަމަވެސް، ޗެލްސީ މެޗުގައި މިހާރުގެ ކޯޗު މައިކަލް ކެރިކާއެކު ކުރިއަށްދާން ޔުނައިޓެޑްގެ ބޯޑުން އޮތީ ނިންމާފައެވެ.

ބައި ގަރުނަށް ވުރެ ގިނަ ދުވަހަށްފަހު ޔުނައިޓެޑް ފުރަތަމަ ފަހަރަށް ރެލިގޭޓްވެދާނެތޯ ސުވާލުކުރުމުން ޓެން ހާގް އީއެސްޕީއެންއަށް ދިން އިންޓަވިއުގައި ބުނީ، ޕްރިމިއަރ ލީގުގައި އެއީ ވެދާނެ ކަމެއް ކަމަށާއި، ސަބަބަކީ މިހާރު ކުޅޭ ހުރިހާ ޓީމެއްވެސް ވަރުގަދަވުމުން ކަމަށެވެ. 

"ހުރިހާ ޓީމެއްގައި ވެސް އޮތީ ވަރުގަދަ ސްކޮޑުތައް، އަދި މޮޅެތި މެނޭޖަރުން. އަދި އެއްފަހަރު ނަމަވެސް ގޯސް މަގަކުން ގޮސް އެ ނުރައްކާތެރި ހާލަތަށް ވެއްޓިއްޖެނަމަ، .... އާނ، ދެން ކަންކަން ވަރަށް، ވަރަށް އުނދަގޫވެދާނެ." ޓެން ހާގް ބުންޏެވެ.

ޓެން ހާގް ބުނީ، އޭނާ ޔުނައިޓެޑާ ގުޅުމުގެ ކުރީން، އެ ޓީމަށް އެއްވެސް ތައްޓެއް ނުލިބި ހަ އަހަރު ހޭދަކުރި ކަމަށެވެ. 

"ބަލާބަލަ މިހާރު އެމީހުން އޮތް ހިސާބު،" ޔުނައިޓެޑްގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޓެން ހާގް ބުންޏެވެ.

ޓެން ހާގް ޔުނައިޓެޑާ ގުޅުނީ 2022 ވަނަ އަހަރުއެވެ. އެ ޓީމުގެ ކޯޗުގެ މަގާމުން 2024 ގައި އޭނާ ވަކިކުރުމުގެ ކުރިން ވަނީ އެ ޓީމަށް އެފްއޭ ކަޕަކާއި ލީގު ކަޕެއް ހޯދައިދީފައެވެ.

ޔުނައިޓެޑަށް ދެން އެންމެ އަވަހަށް ކުޅެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އޭއެސް ރޯމާއާ ދެކޮޅަށެވެ. އެއަށްފަހު އަންނަ އާދީއްތަ ދުވަހު ޕްރިމިއަރ ލީގުގައި ބައްދަލުކުރާނީ އެސްޓަން ވިލާއާއެވެ. 

މެންޗެސްޓަރ ޔުނައިޓެޑްމެން ޔުނައިޓެޑްއިނގިރޭސި ޕްރިމިއަރ ލީގުޕްރިމިއަރ ލީގު
ކޮމެންޓް 0