ބްރޭކިންގކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފި

ރާއްޖެއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުންވެސް ފަލަސްޠީނު މޮޅުވެއްޖެ

ރާއްޖެއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުންވެސް ފަލަސްޠީނު މޮޅުވެއްޖެ

ސަތާރަ އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޒުވާން ގައުމީ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗު 3-0 އިން ފަލަސްޠީނުން ކާމިޔާބުކޮށްފިއެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުވެސް ކާމިޔާބުކުރީ ފަލަސްޠީނެވެ. އެ ޓީމުން ފުރަތަމަ މެޗު ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފަލަސްޠީނުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑުޖެހީ ފުރަތަމަ ހާފުގައެވެ. އަނެއް ލަނޑުޖެހީ ފަހު ހާފުގައެވެ.

މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އެ ޓީމަށް ލީޑުނަގައިދިނީ ޔަޒާން އަނާން ޚަލީފާއެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ފަލަސްޠީނުން ކާމިޔާބުކުރި ދެވަނަ ގޯލަކީ، ރާއްޖޭގެ އިބްރާހީމް މިޖުވާދު ޝަހީމް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި މެޗުގައި ފަލަސްޠީނުން ޖެހި ތިންވަނަ ލަނޑު، 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކަރީމް ޔޫސުފް އަލް-ޚަތީބެވެ. އޭނާ ކުޅެން ނިކުތީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މިއީ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ދެ ޓީމަށްވެސް ލިބުނު ރަނގަޅު މެޗުތަކެކެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ؛ މުބާރާތް ބާއްވާ ގައުމު ކަމަށްވާ، ތައިލެންޑާއި، ޗައިނީސް ޓައިޕޭ އާއި ހޮންގްކޮންގް އަދި އިރާގެވެ.

ފަލަސްޠީނު ވާދަކުރަނީ ގްރޫޕް އެފްގައެވެ. މި ގްރޫޕުގެ މެޗުތައް މެލޭޝިއާގައި ކުޅޭއިރު، ދެން ހިމެނެނީ އިންޑިއާ އާއި ސިންގަޕޫރު އަދި ގުއާމެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންފަލަސްޠީނު ޒުވާން ޓީމުރާއްޖޭގެ ޒުވާން ޓީމު
ކޮމެންޓް 0