އޮމާނުގެ ކައިރިން ދަތުރުކުރި އުޅަނދެއްގައި އެއްޗެއް ޖެހި ގެއްލުންތަކެއް ލިބިއްޖެ
އޮމާނުގެ
އައްސޭރިފަށާ ކައިރިން ދަތުރުކުރަމުންދިޔަ އުޅަނދެއްގައި ގޮތް ނޭނގޭ އެއްޗަކުން ޖެހި، އެ
އުޅަނދަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް
(ޔޫކޭއެމްޓީއޯ) އިން ހާމަކޮށްފިއެވެ.
ޔޫކޭއެމްޓީއޯއިން
މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އޮމާނުގެ ލީމާގެ އިރުއުތުރުން ގާތްގަނޑަކަށް
ނުވަ ނޯޓިކަލް މޭލު ބޭރުން އެ އުޅަނދު ދަތުރުކުރަމުން ދަނިކޮށެވެ.
މި ހާދިސާގައި
އުޅަނދުގެ ކަނާތްފަރާތު އަރިމަތިން ފޫގޮސް، ލޯވަޅެއް އެޅިފައިވީ ނަމަވެސް، އުޅަނދަށާއި
އޭގެ ފަޅުވެރިންނަށް އެއްވެސް ނުރައްކަލެއް ނުލިބި، ސަލާމަތުން ތިބި ކަމަށް ރިޕޯޓުތައް
ބުނެއެވެ.
މި ހާދިސާ
ހިނގާފައި މިވަނީ، އެމެރިކާގެ ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ ހޮރްމުޒް
ކަނޑުއޮޅިއަށް ކުރެއްވި ޒިޔާރަތަށްފަހު، އެ ސަރަޙައްދުން ދަތުރުކުރި ތެޔޮ އުފުލާ
11 ޓޭންކަރެއްގައި އަލިފާން ރޯވެ، އަޑިއަށް ގޮސްފައިވާ ކަމަށް އީރާނުގެ އިސްލާމިކް
ރިވަލޫޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ) ގެ ކަނޑުގެ ސިފައިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.