ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ އަސްކަރީ ފައުޖުތަކުން ބުނި ގޮތުގައި، އެ ގައުމުގެ ވައިގެ ސިފައިން ވަނީ ޙޫޘީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައެވެ.
ޔަމަނުގެ ޑިފެންސް މިނިސްޓްރީން ފޭސްބުކް މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ތާއިޒުގެ ހުޅަނގު ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ޙޫޘީ ޖަމާއަތުގެ ހަނގުރާމަވެރިންނަށެވެ.
