އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، މަރަދޫ ސްކޫލުގެ ސްކައުޓުންނަށް ހާއްސަ އައުޓްޑޯ ހަރަކާތެއް

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، މަރަދޫ ސްކޫލުގެ ސްކައުޓުންނަށް ހާއްސަ އައުޓްޑޯ ހަރަކާތެއް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސަދަން އޭރިއާ ކޮމާންޑުން، އައްޑޫ ސިޓީ މަރަދޫ ސްކޫލުގެ ޕްރީ-ކަބް އަދި ކަބް ސްކައުޓުންނަށް އަމާޒުކޮށްގެން ހާއްސަ އައުޓްޑޯ ހަރަކާތެއް ބާއްވައިފިއެވެ. 

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒްގައި ކުރިއަށްގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސްކައުޓުންގެ ޢަމަލީ ތަޖުރިބާއާއި އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ހުނަރު (ސެލްފް ކޮންފިޑެންސް) ތަރައްގީކުރުން، އެކުވެރި އަދި އުފާވެރި މާހައުލެއްގައި އުނގަންނައިދިނުމެވެ.

ޖުމްލަ 77 ޕްރީ-ކަބް އަދި ކަބް ސްކައުޓުންނާއި 18 މުދައްރިސުން ބައިވެރިވި މި ހަރަކާތުގައި ޓްރެކިންގ ސައިޓެއް ބަލާލުމާއި، ޓްރެކިންގ ސައިންތައް އަދި ނޮޓިންގ ދަސްކުރުމުގެ އިތުރުން ތަފާތު ކުޅިވަރުތަކާއި އޮބްސްޓިކަލް ކޯސްތައް ވަނީ ފުރިހަމަކޮށްފައެވެ. 

މީގެއިތުރުން، ޓީމު ގުޅުން ވަރުގަދަކުރުމަށާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު އިތުރުކުރުމަށް މަގުފަހިކުރާ އިވެންޓްތަކުގެ އިތުރުން ވަކިވަކި ކުދިންގެ ހުނަރު އިތުރުކުރުމަށް ބޭއްވުނު އިންޑިވިޖުއަލް އިވެންޓްތައް ވެސް ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. 

މި ހަރަކާތަކީ ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށްދިޔަ ހަރަކާތެއްކަން ފާހަގަކޮށް، މަރަދޫ ސްކޫލުގެ ސްކައުޓް ލީޑަރުންނާއި މުދައްރިސުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެންމެހައި ސިފައިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

އެމްއެންޑީއެޑްސަދަން އޭރިއާ ކޮމާންޑްއައްޑޫ މަރަދޫ ސްކޫލްސްކައުޓް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0