އައްޑޫ ސިޓީ، ފޭދޫ ސްކޫލުގެ ކަބް ސްކައުޓް ދަރިވަރުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަނަށް ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތުގައި، އެ ސްކޫލުގެ ގްރޭޑް 4 އަދި 5ގެ 29 ދަރިވަރުންނާއި 6 މުދައްރިސުން ބައިވެރިވިއެވެ.

މިއީ ދަރިވަރުންނަށް ކަނޑުމަތީގެ ސަލާމަތްތެރިކަމާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ދައުރާއި މަސްޢޫލިއްޔަތާ ބެހޭ މައުލޫމާތުގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑު އުޅަނދުފަހަރުގައި ބޭނުންކުރާ ބައެއް ވަސީލަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށްގެންދެވުނު މުހިންމު ހަރަކާތެކެވެ.
މީގެއިތުރުން، މި ޒިޔާރަތުގެ ތެރެއިން ދަރިވަރުންނަށް ވަނީ ހާބަރކްރާފްޓް 140 އަދި އެފްއައިސީ "ދޮށިމޭނާ" އުޅަނދުގައި ކަނޑުމަތީގެ ތަޖުރިބާ ދަތުރެއް ކުރުމުގެ ފުރުސަތު ވެސް ދީފައެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަނުގައި މަސައްކަތްކުރަމުންދާ ސިފައިންނެވެ.