ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރަން އައްޑޫ ފުލުހުންގެ ހާއްސަ ހަރަކާތެއް

ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރަން އައްޑޫ ފުލުހުންގެ ހާއްސަ ހަރަކާތެއް

އައްޑޫ ގަން ޕޮލިހުން އިންތިޒާމްކޮށްގެން "ވޯކް އެންޑް ޓޯކް" ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އައްޑޫ ޕޮލިހުން ބުނީ، މިއީ ދުނިޔޭގެ ސައިބަރ ސެކިއުރިޓީ މަސް ފާހަގަކުރުމުގެ ގޮތުން، މި އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

ސ. ގަން ޕޮލިސް އޭރިޔާގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ސައިބަރ ކުށްތަކުން ރައްކާތެރިވެ ތިބުމަށް ބޭނުންވާ މުހިންމު މައުލޫމާތު ފޯރުކޮށްދީ، މި ދާއިރާއިން އާންމުންނާއި މުއައްސަސާތައް ހޭލުންތެރިކުރުމުގެ މަގުސަދުގައި ބޭއްވުނު ހަރަކާތެކެވެ.

ޓެކްނޮލޮޖީގެ ޒަރީއާއިން ހިންގާ ކުށްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މި ފަދަ ދަނޑިވަޅެއްގައި، މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކުރިއަށްގެންދިޔަ މި ހަރަކާތަށް ގިނަ ފަރާތްތަކެއްގެ ފަރާތުން ބޮޑު ތަރުހިބެއް ލިބިފައިވާ ކަމަށް އައްޑޫ ޕޮލިހުން މައުލޫމާތުދެއެވެ.

އައްޑޫ ސިޓީއައްޑޫއައްޑޫ ގަންއައްޑޫ ފުލުހުންއައްޑޫ ޕޮލިސްސައިބަރ ސެކިއުރިޓީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0