އައްޑޫ ފޭދޫ އަވަށް ފެހިކޮށް، ރީތިކޮށް އަދި ސާފުކޮށް ބެހެއްޓުމަށް ހަރަކާތެއް

އައްޑޫ ފޭދޫ އަވަށް ފެހިކޮށް، ރީތިކޮށް އަދި ސާފުކޮށް ބެހެއްޓުމަށް ހަރަކާތެއް

އައްޑޫ ފޭދޫ ސްކޫލުން އެ އަވަށް ފެހިކޮށް، ރީތިކޮށް އަދި ސާފުކޮށް ބެހެއްޓުމުގެ މަގުސަދުގައި ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

ފޭދޫ އަވަށު އޮފީހާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން އިންތިޒާމް ކުރި މި ހަރަކާތުގައި ފޭދޫ ސްކޫލުގެ ސްކައުޓް، ގައިޑް އަދި ކެޑޭޓް ކުދިން ވެސް ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގައި އަވަށު އޮފީހުގެ މުވައްޒަފުންނާއި ފޭދޫ ސްކޫލުގެ ޓީޗަރުންވެސް ބައިވެރިވެފައިވާއިރު، މި ހަަރަކާތުގައި ފޭދޫގެ އެކި ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ.

ފޭދޫ ސްކޫލުން ބުނެފައިވާ ގޮތުގައި މިފަދަ ހަރަކާތްތަކުގެ ބޭނުމަކީ ތިމާވެށި ހިމާޔަތްކުރުން ފަދަ އިޖްތިމާއީ ކަންކަމަށް ދަރިވަރުން ހޭލުންތެރިކުރުމެވެ.

އައްޑޫ ސިޓީސްކައުޓްއައްޑޫ ފޭދޫފޭދޫ އަވަށް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0