މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރަން ހިތަދޫގެ މެންބަރުން ވޯޓެއް ނުދޭ
އްޔިތުންގެ މަޖިލީހުގެ ރައީސާއި މިނިސްޓަރުން އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން ވޯޓު ދެއްވި އިރު ހިތަދޫއަށް ނިސްބަތްވާ އެއްވެސް މަޖިލިސް މެންބަރަކު ވޯޓު ނުދެއްވާކަން ހާމަވެއްޖެއެވެ.
މަޖިލީހުގައި އިއްޔެ ނެގި ވޯޓުގެ ނަތީޖާ ދައްކާގޮތުން މުސާރަތައް ބޮޑުކުރަން ފެންނަކަމަށް މަޖިލީހުގެ 42 މެންބަރުން ވޯޓު ދެއްވިއެވެ.
މަޖިލީހުގެ ވޯޓުގެ ނަތީޖާއަށް ބަލާއިރު، މުސާރަ ބޮޑުކުރުމާއި އެއްކޮޅަށް ހިތަދޫއަށް ނިސްބަތްވާ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިޤް އަދި ހިތަދޫ މެދު ދާއިރަގެ މެންބަރު އަޒާން ވެސް ވޯޓެއް ނުދެއްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މިނިސްޓަރުންގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ވެސް މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.