ސަރުކާރަކީ ބޭކާރު އަދި ލާދީނީ ސަރުކާރެއްގެ ގޮތުގައި ނާޒިލް ސިފަކުރައްވައިފި

ޓެކްސް ބިލުގެ ބަހުސްގައި ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި ވައްކަން ހިމެނޭ ކަމަށް ތުހުމަތުކުރައްވައިފި

ސަރުކާރަކީ ބޭކާރު އަދި ލާދީނީ ސަރުކާރެއްގެ ގޮތުގައި ނާޒިލް ސިފަކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ބޭކާރު އަދި ލާދީނީ ސަރުކާރެއްގެ ގޮތުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ސިފަކުރައްވައިފިއެވެ. 

ރައްޔިތުންގެ މަޖިލިސްގައި މިއަދު ކުރިއަށްދިޔަ ޓެކްސް ބިލާ ގުޅޭ ބަހުސްގައި ވާހަކަދައްކަވަމުން އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މަޖިލިސް ތަޅުމުގައި ވާހަކަދައްކަވަމުން އިބްރާހީމް ނާޒިލް ވިދާޅުވީ، ކަންމަތީ ފިހާރަތަކުގެ ހަރުތައް ހުރީ ހުސްކޮށް ކަމަށާއި ބޭސްފިހާރަތަކުގައި ވެސް ބޭހެއް ނެތް ކަމަށެވެ. މީގެ އިތުރުން، ކޮންމެ ނޮވެންބަރު މަހަކާ ދިމާކޮށް ދައުލަތުގެ ކޭޝްފްލޯ ރަނގަޅުކުރުމުގެ ނަމުގައި ޓެކްސް އިތުރުކޮށް، ސަރުކާރުން ގާނޫނުތަކާ ކުޅެމުންދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވަމުން އިބްރާހީމް ނާޒިލް ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި ވެސް ކުރަނީ ވައްކަން ކަމަށް ސިފަކުރައްވާފައެވެ.

އިބްރާހިމް ނާޒިލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0