ވަކާލާތުކުރާނީ ބޭކާރު ސިޔާސީ މަގާމުތައް އުވާލައި ގާބިލުކަމަށް ބަލައިގެން ވަޒީފާ ދިނުމަށް: އިއުޖާޒް

ވަކާލާތުކުރާނީ ބޭކާރު ސިޔާސީ މަގާމުތައް އުވާލައި ގާބިލުކަމަށް ބަލައިގެން ވަޒީފާ ދިނުމަށް: އިއުޖާޒް

މުޖުތަމައަށް އެއްވެސް ފައިދާއެއް ނުކުރާ ބޭކާރު ސިޔާސީ މަގާމުތައް އުވާލައި، ތައުލީމާއި ގާބިލުކަމަށް ބަލައިގެން ވަޒީފާތައް ދިނުމަށް ބާރުއަޅާނެ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޒުވާނުންގެ ގޮފީގެ މެންބަރުކަމަށް ވާދަކުރައްވާ އައްޑޫ ސިތީ ހިތަދޫއަށް ނިސްބަތްވާ އިއުޖާޒް އަލީ ގޮވާލައްވައިފިއެވެ.

 އިއުޖާޒް މިކަން ހާމަކުރީ އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ކުރި ޕޯސްޓެއްގައެވެ.

މަޒާޖީ ގޮތެއްގައި އިއުޖާޒް ކުރި ޕޯސްޓްގައި ފުރަތަމަ ލިޔެފައިވަނީ ޕޯސްޓް ޝެއަރ ކުރާ ފަރާތްތަކަށް ވަޒީފާ ދޭނެ ކަމަށެވެ. 

އެ ޕޯސްޓްގައި އިއުޖާޒް ބުނެފައިވާ ގޮތުގައި އންތިހާބު ކާމިޔާބުވެއްޖެ ނަމަ ކެމްޕޭން މެސެޖުތައް ހިއްސާކުރާ ކޮންމެ މީހަކަށް ބޮޑު މުސާރަ ލިބޭ ސިޔާސީ ވަޒީފާ ދޭން ބާރު ނާޅާނެ ކަމަށާއި އެކަމުގެ ހުވަފެން ވެސް ނުބަލަން އެދިފައެވެ.  އަދި އޭނާ ހުރީ ސިޔާސީ ފިކުރަށް ނުވަތަ ސިޔާސީ ގުޅުންތަކަށް ބެލުމުގެ ބަދަލުގައި، މީހާގެ ފެންވަރާއި ތަޖުރިބާއަށާއި ހުނަރަށް ބަލައިގެން ހުރިހާ މަގާމުތަކެއްވެސް ދޭންޖެހޭ ކަމަށް ގަބޫލުކުރާ ފަރާތްތަކާއެކުގައި ކަމަށް އިއުޖާޒް ބުނެފައިވެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށާއި ދައުލަތުގެ ބަޖެޓަށް އޮތް ބުރަ ކުޑަކުރުމަށްޓަކައި، މުޖުތަމައަށް އެއްވެސް ހިދުމަތެއް ނުވަތަ މަންފާއެއް ނުކުރާ އަދި ބޭނުމެއް ނެތް އިތުރު ސިޔާސީ މަގާމުތައް އުވާލަންޖެހޭ ކަމަށް އިއުޖާޒް ބުނެފައިވެއެވެ.

އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެންބަރުކަމަށް ވާދަކުރައްވާ އިއުޖާޒް ބުނެފައިވާ ގޮތުގައި އޭނާ އަޑުއުފުއްލަވަނީ އާންމު ރައްޔިތުންގެ ފަރާތުން ކަމަށެވެ.

އެމްޑީޕީއިއުޖާޒް އަލީއައްޑޫ ސިޓީ އެމްޑީޕީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0