ބްރޭކިންގކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފި

ޔޫޕީއާރުގެ ވަރކިންގ ގްރޫޕްގެ 53 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވާނެ

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް. ފައިލް ފޮޓޯ: ދައުރު
ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް. ފައިލް ފޮޓޯ: ދައުރު

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ވަރކިންގ ގްރޫޕުގެ 53 ވަނަ ސެޝަން ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި މިއަދު ފަށައިފިއެވެ. 

ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މިބައްދަލުވުމުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ދަށުން ގާއިމުކޮށްފައިވާ ޔޫޕީއާރު ގެ ވަރކިންގ ގްރޫޕް އިން 14 ގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަޒަންކުރާނެއެވެ. 

އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސުރިނާމް، ސަމޯއާ، ހަންގެރީ، ތަޖިކިސްތާން، އެންޓީގާ އެންޑް ބާބިއުޑާ، ގްރީސް، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސް، ޕަޕުއާ ނިއު ގިނީ، ޓެންޒޭނިއާ، އެސްވަޓީނީ، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، އަޔަރލެންޑް، ތައިލޭންޑް އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ.

ޔޫޕީއާރު ވަރކިންގ ގްރޫޕްގެ މި ސެޝަންގައި ރާއްޖޭގެ ވަފުދުން ބައިވެރިވެ، ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި ރިކަމެންޑޭޝަންތަކެއް ރިވިއު ކުރެވޭ ގައުމުތަކަށް ހުށަހަޅާނެއެވެ.

ޔޫޕީއާރު ގެ ވަރކިންގ ގްރޫޕް އިން ކޮންމެ އަހަރަކު ތިން ބައްދަލުވުމެއް ބާއްވައެވެ. އެގޮތުން، މިހާރު ހިނގަމުންދާ 53 ވަނަ ބައްދަލުވުމަކީ 2022 ވަނަ އަހަރުން ފެށިގެން 2027 ގެ ނިޔަލަށް ކުރިއަށްދާ ޔޫޕީއާރު ގެ ހަތަރުވަނަ ދައުރުގެ ބައެކެވެ. 

ޔޫޕީއާރު އަކީ އދ. ގެ މެމްބަރު ޤައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ދެނެގަނެ، އެކަމުން ހޯދާފައިވާ ކުރިއެރުން ވަޒަންކުރުމަށް ކަނޑައަޅާފައިވާ ނިޒާމެކެވެ. އަދި މިނިޒާމުގެ ތެރެއިން ރިވިއު ކުރެވޭ ގައުމުތަކުން އިންސާނީ ހައްގުތައް ތަންފީޒުކުރުމުގައި އިތުރަށް ހަރުދަނާކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބިނާކުރަނިވި އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު އެހެން މެންބަރު ގައުމުތަކަށް ލިބިގެންދާނެއެވެ.

މި ސެޝަންގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ. އަދި މިވަފުދުގައި ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، އަދި ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާޙީން ބައިވެރިވެވަޑައިގަންނަވައެވެ.

އދޔޫޕީއާރުޔުނިވަރސަލް ޕީރިއޮޑިކް ރިވިއުފޮރިން މިނިސްޓްރީޔޫޕީއާރު ވަރކިންގ ގްރޫޕް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0