ހިތަދޫ ސްކޫލުގައި ކުޑަކުދިންނަށް ހާއްސަ މިނީ ބޭންޑެއް ތައާރަފުކޮށްފި

މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މިފަދަ ބޭންޑެއް އުފެއްދި ފުރަތަމަ ފަހަރު.

ހިތަދޫ ސްކޫލުގައި ކުޑަކުދިންނަށް ހާއްސަ މިނީ ބޭންޑްގައި ބައިވެރިވާ ދަރިވަރުން. ފޮޓޯ: ހިތަދޫ ސްކޫލް
ހިތަދޫ ސްކޫލުގައި ކުޑަކުދިންނަށް ހާއްސަ މިނީ ބޭންޑްގައި ބައިވެރިވާ ދަރިވަރުން. ފޮޓޯ: ހިތަދޫ ސްކޫލް

ސ. ހިތަދޫ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ހާއްސަކޮށްގެން އެ ސްކޫލުގައި މިއަދު މިނީ ބޭންޑެއް ތައާރަފުކޮށްފިއެވެ. 

މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގެ ރަށެއްގައި މިފަދަ މިނީ ބޭންޑެއް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ. 

އައްޑޫޕްލަސް އާއި ވާހަކަ ދައްކަވަމުން ހިތަދޫ ސްކޫލުން ބުނި ގޮތުގައި، މި ބޭންޑުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ޖޭކޭޖީ އަދި އެސްކޭޖީގައި ކިޔަވާ ދަރިވަރުންނަށެވެ. މި ބޭންޑުގެ ފަރިތަކުރުންތައް މިހާރު ފަށައިގެން ކުރިއަށްދާއިރު، އަންނަ އަހަރު އަލަށް ފައުންޑޭޝަން ސްޓޭޖާ ގުޅޭ ދަރިވަރުންނަށްވެސް ބޭންޑުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

ހިތަދޫ ސްކޫލުގައި ކުރިންސުރެ ބޮޑެތި ދަރިވަރުންގެ ބޭންޑެއް އޮތް ނަމަވެސް، އަލަށް ތައާރަފުކުރި މިނީ ބޭންޑު ފަރުމާކޮށްފައިވަނީ ތުއްތު ކުދިންގެ އުމުރާ ގުޅޭ ގޮތަށް، އެ ކުދިންނަށް އެކަށީގެންވާ ކުދި އިންސްޓްރޫމަންޓްތައް ބޭނުންކޮށްގެންނެވެ. އެ ސްކޫލުން ފާހަގަކުރި ގޮތުގައި، މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މިފަދަ ކުޑަކުދިންގެ ބޭންޑެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

މި ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަނީ ހިތަދޫ ސްކޫލުގައި މިހާރު ވެސް އޮންނަ އެ ސްކޫލްގެ މައި ބޭންޑްގެ އިންސްޓްރަކްޓަރ މުހައްމަދު ހާފިޒުގެ ބެއްލެވުމުގެ ދަށުންނެވެ. އެންސީސީ މޭޖަރ މުޙައްމަދު ހާފިޒަކީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) ގެ ސަދަން ރެޖިމެންޓް ކޮމާންޑަރުވެސް މެއެވެ. 

އައްޑޫ ސިޓީހިތަދޫ ސްކޫލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0