އައްޑޫޕްލަސް އާއި ވާހަކަ ދައްކަމުން އެ ކްލަބްގެ ރައީސް ނަޖުމުﷲ ޚާލިދު ވަނީ މިއަހަރުގެ މުބާރާތުގައި އެ ޓީމުން ބައިވެރިވާނެ ކަން ކަށަވަރުކޮށްދީފައެވެ.
މައިލޯ ސިޓީ ސްޕޯޓްސް ކްލަބަކީ 2024 ވަނަ އަހަރުގެ ޗެމްޕިއަނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ވެސް އެޓީމުން ކުޅުނެވެ.
"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ބޭއްވުމުގެ މަގުސަދަކީ އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާ އެކު، ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައި ދިނުން ކަމަށް ކައުންސިލުން ބުނެ އެވެ.
2019 އިން ފެށިގެން ކައުންސިލުން ބާއްވަމުން އަންނަ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނަކީ ފޭދޫ ފްރެންޑްސް ކުލަބެވެ.


