އައްޑޫ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ވާދަކުރުމަށް 6 ޓީމަކުން ހުށަހަޅާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ. 

މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކައުންސިލްގެ މީޑިޔާ އޮފިސަރު ސުހާ ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމަށް ހުށަހެޅި 6 ޓީމަކުން ކަމަށެވެ. އަދި އެޓީމުތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓްކުރަމުން ގެންދާ ކަމަށެވެ.

މުބާރާތުގައި ވާދަކުރުމަށް ހުށަހެޅި ޓީމުތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ ފްރެންޑްސް ކްލަބް، މައިލޯ ސިޓީ ސްޕޯޓްސް ކްލަބް، ބޭރުމަތި ސްޕޯޓްސް ކްލަބް، މަރަދޫ ފުޓްބޯޅަ ކްލަބް، ނޯވާ ފްރެންޑްސް އަދި އެފްސީ ޒެފިޔަރ އެވެ.

މި މުބާރާތުގައި ހިމެނޭ ޓީމުތަކުން ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަނޑިއަކީ މިމަހުގެ 30 ވަނަ ދުވަހެވެ. 

ޑިސެމްބަރު 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާ އެކު، ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައި ދިނުން ކަމަށް ކައުންސިލުން ބުނެ އެވެ.