ކޮރެއާ ދަތުރުން ޙާސިލްވި ކަންތަކާއި ގުޅޭގޮތުން މައުލޫމާތު ހާމައެއް ނުކުރި

ކޮރެއާ ދަތުރުން ޙާސިލްވި ކަންތަކާއި ގުޅޭގޮތުން މައުލޫމާތު ހާމައެއް ނުކުރި

ދެކުނު ކޮރެއާގައި މިދިޔަ މަހު ބޭއްވި، "ސެކަންޑް ޖެނަރަލް އެސެމްބްލީ އޮފް ދަ ވޯލްޑް ހިއުމަނިސްޓިކް ސިޓީސް ނެޓްވޯކް" އާއި ގުޅިގެން މައުލޫމާތު ހިއްސާކުރަން  އެ ބައްދަލުވުމުގައި ބައިވެރިވި ދެ ކައުންސިލަރުން ވެސް ދެކޮޅު ހަދައިފިއެވެ.

އައްޑޫޕްލަސްގެ ފަރާތުން މި ދަތުރުގައި ބައިވެރިވި ކޮރޮވައު ދާއިރާގެ ކައުންސިލަރު ޝިނާޒު އަށް ކޮރެއާގެ ދަތުރާއި ގުޅިގެން ސުވާލުކުރުމަށް ތަކުރާރުކޮށް ގުޅި ނަމަވެސް ޖަވާބު ދެއްވާފައި ނުވެއެވެ. އަދި ކުރި މެސެޖަކަށް ވެސް ޖަވާބު ދެއްވާފައި ނުވެއެވެ. މިކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް ކައުންސިލަރު އިސްމާއީލް އަށް ވެސް މެސެޖް ކުރުމުން އެބޭފުޅާ ވެސް ޖަވާބެއް ދެއްވާފައި ނުވެއެވެ.

މި ޚަބަރު ޝާއިއު ކުރުމާއި ހަމައަށް ވެސް، ކޮރެއާ ދަތުރާއި ގުޅޭގޮތުން ކައުންސިލުން ވެސް އެއްވެސް މައުލޫމާތެއް އާއްމުކޮށްފައި ނުވާއިރު، މި ދަތުރަށް ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރި މިންވަރެއް ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ޚަބަރު ޝާއިއުކުރުމުގެ ފަހުން ބައެއް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެހެން ނަމަވެސް ދަތުރުގެ ޚަރަދުތައް ހިއްސާކޮށްފައި ނުވެއެވެ.

ޝިނާޒު އާއި އިސްމާއިލް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުން އޮތީ  އޮކްޓޯބަރ 29 އިން 31 އަށް ކޮރެއާގެ އެންޑޮންގ ސިޓީގައެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެހެން ސިޓީތަކުން ވެސް ބައިވެރިވިއެވެ. 

ކޮރެއާގައި އޮންނަ މި ބައްދަލުވުމާއި ގުޅޭގޮތުން ޝިނާޒް މީގެ ކުރިން ވަނީ އޭނާ އެ ދަތުރުގައި ބައިވެރިވަނީ މޭޔަރު ނިޒާރަށް ބައިވެރި ނުވެވޭތީ ކަމަށް ބުނެފައެވެ. 

ނޯޓް: ޚަބަރު ޝާޢިއުކުރި ފަހުން ކައުންސިލުން މީސްމީޑިޔާގައި ދަތުރުގެ ތަފްސީލް ހިމަނައިފައިވެއެވެ.


އައްޑޫ ސިޓީ ކައުންސިލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0