އޭއީއެޗްގެ ހިތާނީ ކޭމްޕް އަންނަ މަހު 13 އިން 30 އަށް
މި ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މި މަހުގެ 29 ގައި ހުޅުވާލަނީ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަހަރުގެ ހިތާނީ ކޭމްޕު ބާއްވާކަން އިއުލާނުކޮށްފިއެވެ.
އޭއީއެޗުން އާންމުކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ހިތާނީ ކޭމްޕު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކޭމްޕުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު (ނޮވެންބަރު 29 ގައި) ހެނދުނު 9:00 ގައެވެ.
އޭއީއެޗުން ބުނި ގޮތުގައި، ކޭމްޕުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް އެ ހޮސްޕިޓަލުގެ ނަންބަރު 1632 އަށް ނުވަތަ 7379951 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެއެވެ.