"މޯލްޑިވްސް ސްވިމް ފޯ ޑައިބެޓީސް" ހަރަކާތްތައް އައްޑޫގައި ފަށައިފި

ހަކުރުބައްޔަށް ހޭލުންތެރިކުރުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް މުޅި ރާއްޖޭގައި ފެތުމުގެ ހަރަކާތްތައް ކުރިއަށްގެންދޭ

"މޯލްޑިވްސް ސްވިމް ފޯ ޑައިބެޓީސް" ހަރަކާތްތައް އައްޑޫގައި ފަށައިފި

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ "މޯލްޑިވްސް ސްވިމް ފޯ ޑައިބެޓީސް" ހަރަކާތްތައް މިއަދު ފަށައިފިއެވެ.

މިއަދު އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. އަހުމަދު އަދީލް ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މިއަދު ކުރިއަށްގެންދިޔަ ހަރަކާތްތައް ފެށިގެންދިޔައީ، ހަކުރުބައްޔާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ހެލްތު ސްކްރީނިންއާއެކުއެވެ.

މިއަދު ފެށިގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ހަކުރު ބައްޔާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފައިވާއިރު، ފެތުމުގެ ތަފާތު ހަރަކާތްތަކާއެކު ކުރިއަށްދިޔަ މި ހާއްސަ އިވެންޓުގެ ސަބަބުން ހަކުރުބައްޔާ ދެކޮޅަށް ކުރިއާލައި ތައްޔާރުވެ، އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީ، ބަލީގެ ކަންކަން ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅުތައް އަޅައި އެކަމުގެ މުހިންމުކަން ހާމަކޮށްދީ، މުޖުތަމައުގެ އެއްބައިވަންތަކަން އާލާކުރުމަށް ފުރުސަތު ފަހިވެގެންދާނެއެވެ.  

ހަކުރުބަލި ހުރިކަން ކުރީބައިގައި ދެނެގަނެ، އެކަށީގެންވާ ސިއްހީ ފަރުވާއާއި އިރުޝާދު ހޯދުމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ހިޔާރުކުރުމަކީ މި ބަލިން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯލްކުރުމަށް ކޮންމެހެން މުހިންމު ކަންކަމެވެ.

އައްޑޫ ސިޓީއައްޑޫއޭއީއެޗްއައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްމޯލްޑިވްސް ސްވިމް ފޯ ޑައިބެޓީސްބައިނަލްއަގުވާމީ ހަކުރު ބަލީގެ ދުވަސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0