ވޯޓާ ތީމް ޕާކަށް 1.5 މިލިއަންގެ ބަޖެޓެއް ކައުންސިލުން ފާސްކޮށްފި

އައްޑޫ ސިޓީގެ ސިޓީ ސްކެއަރ ސަރަހައްދު. އައްޑޫޕްލަސް ފޮޓޯ: ހަސަން ޝައްމު
އައްޑޫ ސިޓީގެ ސިޓީ ސްކެއަރ ސަރަހައްދު. އައްޑޫޕްލަސް ފޮޓޯ: ހަސަން ޝައްމު

ސިޓީ ސްކުއެއަރ ކުރިމަތީގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކް ހެދުމަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓެއް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. 

މި ބަޖެޓް ފާސްކޮށްފައިވަނީ އެ ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެ ކައުންސިލްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، މި ނޮވެންބަރު މަހުގެ 5 ވަނަ ދުވަހު ކައުންސިލުން ވަނީ ސިޓީ ސްކުއެއަރ ކުރިމަތީގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކް ހެދުމަށް އެ ސަރަހައްދު ޑްރެޖްކުރުމުގެ މަސައްކަތަށް ބަޖެޓް ހަމަޖެއްސުމާ މެދު ގޮތެއް ނިންމާފައެވެ.

މި މަޝްރޫއުގެ ފެށުމަށް ބަލާއިރު، އައްޑޫގައި ވޯޓާ ތީމް ޕާކެއް ހަދަން ނިންމައި، އެ މަސައްކަތުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައިދޭނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކުރީ 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. ރާއްޖޭގައި ހިންގާ މިފަދަ މޫދުގެ މަޝްރޫއުތަކާއި ވޯޓާ ޕާކްތަކުގެ މަސައްކަތްތައް ފެށުމުގެ ކުރިން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމުގެ ރިޕޯޓު ހެދުމަކީ ލާޒިމު ކަމެކެވެ.

އޭގެ ފަހުން ޖުލައި މަހުގެ ތެރޭގައި، ހިތަދޫގައި ގާއިމުކުރަން ނިންމާފައިވާ ފްލޯޓިން ވޯޓާ ތީމް ޕާކު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދުމަށް ކައުންސިލުން ހުޅުވާލިއެވެ. އޮންލައިންކޮށް ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ހިޔާލު ހުށަހެޅޭ ގޮތަށެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެ މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދީ އެކަމަށް ހަދާ އީއައިއޭގެ ދަށުން ކަމަށެވެ. އަދި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދަ އެޑިޝަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިތަދޫ މޫދު ސަރަހައްދު ތަރައްގީކުރުމާ ގުޅޭ ގޮތުން އައްޑޫގެ ރައްޔިތުންނާއި އެ ސިޓީގައި ދިރިއުޅޭ މީހުންގެ ހިޔާލު ހޯދުމަށްވެސް ކައުންސިލުން ވަނީ އޮންލައިން ސާވޭއެއް ކުރިއަށްގެންގޮސްފައެވެ.

އައްޑޫ ސިޓީ ކައުންސިލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0