ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ 32 މީހަކު ހިމެނެއެވެ.
އާންމުކޮށް ފެންނަ ގޮތަށް އޮފެންޑާސް.އެމްވީގައި ޝާއިއުކޮށްފައިވާ މި ލިސްޓުގައި އައްޑޫގެ ހުރިހާ އަވަށްތަކަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.
އެންމެ ގިނަ މީހުން ހިމެނެނީ ހިތަދޫއާއި ފޭދޫއިން.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ 32 މީހަކު ހިމެނެއެވެ.
އާންމުކޮށް ފެންނަ ގޮތަށް އޮފެންޑާސް.އެމްވީގައި ޝާއިއުކޮށްފައިވާ މި ލިސްޓުގައި އައްޑޫގެ ހުރިހާ އަވަށްތަކަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.
ދަފްތަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އައްޑޫއިން އެންމެ ގިނަ އަދަދަކަށް މީހުން ހިމެނިފައިވަނީ ހިތަދޫއިންނެވެ. އެ އަވަށުން 11 މީހަކު މި ލިސްޓުގައި ހިމެނޭއިރު، ދެން އެންމެ ގިނައީ 7 މީހުން ހިމެނޭ ފޭދޫއިންނެވެ. މީގެ އިތުރުން މަރަދޫއިން 5 މީހުންނާއި ހުޅުދޫއިން 5 މީހުން މި ދަފްތަރުގައި ހިމެނެއެވެ. އަދި މަރަދޫފޭދޫއިން 2 މީހުންނާއި މީދޫއިން 2 މީހަކު ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ލިސްޓުގައި ވަނީ ހިމަނާފައެވެ.
އޮފެންޑާސް.އެމްވީ ވެބްސައިޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ތަފްސީލް ވެސް ފެންނާނެއެެވެ.
މި ދަފްތަރަކީ ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 57 ވަނަ މާއްދާގެ ދަށުން އެކުލަވާލައި ޝާއިއުކޮށްފައިވާ ލިސްޓެކެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކުޑަކުދިން ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އުފުލާ ދައުލަތުގެ އިދާރާއިން އެ ގާނޫނުގެ ދަށުން ކުށްވެރިވާ މީހުންގެ މައުލޫމާތު އާންމުކޮށް ފެންނާނެހެން ޝާއިއުކުރަންޖެހެއެވެ.
މި ގާނޫނުގެ ދަށުން، އެފަދަ ކުށްވެރިން ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު ވެސް ހާއްސަ ނިޒާމެއްގެ ތެރެއިން ދައުލަތުން އެ މީހުން މޮނިޓާކޮށް ބަލަހައްޓަން އަމުރަކަށް އެދުމުގެ ފުރުސަތު ޕީޖީ އޮފީހަށް އޮވެއެވެ.