ދައުލަތުން ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ޓެކުހުން ކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި

މާލީ ވުޒާރާއިން ބުނީ، ދައުލަތުގެ އިދާރާއަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާ ނަމަ، މީރާ އަށް ދައްކަންޖެހޭ ޓެކުހާއި، އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑާނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ހެޑް އޮފީސް. ފައިލް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ހެޑް އޮފީސް. ފައިލް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއާ އަޅައިކެނޑޭނެ އިންތިޒާމު މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. 

މާލީ ވުޒާރާއިން ބުނީ، ދައުލަތުގެ އިދާރާއަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާ ނަމަ، މީރާ އަށް ދައްކަންޖެހޭ ޓެކުހާއި، އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑާނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މިކަމުގައި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައިނުވާ ބިލްތަކަށް، މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށް ވުރެ ބޮޑުވާނަމަ، ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ފައިސާ އަޅައިކެނޑުމަށްފަހު ބާކީ އަދަދު ޓެކުހުގެ ގޮތުގައި އެ ފަރާތުން މީރާއަށް ދައްކަންޖެހޭނެ ކަމަށްވެސް މާލީ ވުޒާރާއިން ބުނެފައިވެއެވެ.

އެހެންނަމަވެސް، އެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައިނުވާ ބިލްތަކަށް، އެ ފަރާތްތަކުން މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށްވުރެ ކުޑަވާނަމަ، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށްފަހު ބާކީ އަދަދު ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭނެ ކަމަށްވެސް މާލީ ވުޒާރާއިން ބުންޏެވެ.

އަދި މިކަމާގުޅޭގޮތުން މީރާއަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ތަފްސީލާއެކު އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ހުށަހެޅުމަށް މާލީ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.

މާލީ ވުޒާރާމީރާމޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީމާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0