ބްރޭކިންގކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވޭ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކުރައްވާފައި. ކޯޓުން މުއްދަތު ޖަހައިދިނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަމަށް ބުނެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޝާހިދު. އެމަނިކުފާނު ވަނީ ތުހުމަތުތައް ދޮގުކުރައްވާފައި.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޝާހިދު. އެމަނިކުފާނު ވަނީ ތުހުމަތުތައް ދޮގުކުރައްވާފައި.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުން އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުން ޝާހިދު 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބުނެއެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޝާހިދު ދިވެހި ފުލުހުންގެ ހިދުމަތުން ހައްޔަރުކުރީ އިއްޔެ ހުޅުމާލެ އޯޝަންފްރަންޓު ރެޒިޑެންސްގައި އޭނާ ދިރިއުޅުއްވާ އެޕާޓުމެންޓު ބަލައި ފާސްކުރުމަށް ފަހުއެވެ.

ނަމަވެސް، އޭނާގެ މައްޗަށް ކުރާ މި ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވައި، ކޯޓުގައި ވެސް އެކަމަށް އިންކާރުކުރައްވާފައެވެ. ހައްޔަރުކުރުމުގެ ކުރިން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، “އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ” ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ 18 އަހަރު ނުފުރޭ ކުއްޖާގެ ބަޔާނެއް ދިވެހި ފުލުހުންގެ ހިދުމަތުން މިހާތަނަށް ނަގައިފައެއް ނުވެއެވެ. 

އެހެން ނަމަވެސް، މިއަދުގެ ވަގުތެއްގައި އެ ކުއްޖާގެ ބަޔާން ނަގާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ކޯޓުގައި ބުނެފައެވެ.

އަބްދުﷲ ޝާހިދު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0