ރޮޒެއިނާ އެދެނީ ޝާހިދުގެ މައްސަލަ އަވަހަށް ބަލައި އިންސާފު ލިބެން

ރޮޒެއިނާ އެދެނީ ޝާހިދުގެ މައްސަލަ އަވަހަށް ބަލައި އިންސާފު ލިބެން

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަކުރުމުގެ ސީރިއަސް ތުހުމަތާ ގުޅިގެން އެމްޑީޕީގެ ލީޑާޝިޕުން ވާހަކަ ނުދައްކަވާތީ، އާއްމު ފަރާތަކުން ކުރި ސުވާލަކަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒެއިނާ އާދަމް ރައްދު ދެއްވައިފިއެވެ. 

ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޑަކުއްޖަކާއި ގުޅުންހުރި މައްސަލައެއްގައި އެ ކުއްޖާއާ ދެކޮޅަށް އެއްޗެކޭ ވިދާޅުވާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. 

އަދި ޝާހިދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އެކަމަނާ އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަކަށް އެ މައްސަލަ ރަނގަޅަށް ބަލައި އިންސާފު ލިބުން ކަމަށް ވެސް އެ ޓުވީޓުގައި ފާހަގަކުރައްވާފައިވެއެވެ.

“ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައެއްގައި އެ ކުއްޖާއާ ދެކޮޅަށް އަޅުގަނޑު އެއްޗެކޭ ބުނާނެ ކަމަށް ހީކޮށްގެން ހުރުން ތިއީ ވަރަށް ކުށްހީއެއް” ރޮޒައިނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ޤާނޫނީ ގޮތުން އަމަލުކުރަންޖެހޭ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރޮޒައިނާ ވިދާޅުވީ، ކުޑަކުއްޖަކު އެކަހަލަ ވާހަކައެއް ބުނެފި ނަމަ އެކަން ރަނގަޅަށް ނުބަލައި އެ ވާހަކަ ދޫކޮށްނުލެވޭނެ ކަމަށެވެ.

ރޮޒެއިނާ މިހެން ވިދާޅުވިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، ކުއްޖާގެ ހެކިބަހަށް ވަރަށް ބޮޑަށް ބުރަދަން ދެވެއެވެ. 

ހަމައެއާއެކު، ރޮޒައިނާ ވިދާޅުވީ “އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު ގާނޫނީ ގޮތުން ކުރިއަށް ދާން ވެސް ޖެހެނީ ކުއްޖާ ހަދަނީ ތެދު ކަމަށް ބަލައިގެން” ކަމަށެވެ. 

ޝާހިދަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ރޮޒައިނާ ހަނުހުންނަވާ ކަމަށް ބުނެ އަމާޒުވި ސުވާލަށް ރައްދުދެއްވައި ކުރެއްވި މި ޓުވީޓުގައި، މައްސަލަ ރަނގަޅަށް ތަހުގީގުކުރުމުގެ މުހިންމުކަން އެކަމަނާ ވަނީ ތަކުރާރުކުރައްވާފައެވެ.


އަބްދުﷲ ޝާހިދުރޮޒެއިނާ އާދަމް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0