މަރުގެ އަދަބުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ރާއްޖޭގެ ސުޕްރީމް ކޯޓު.
ރާއްޖޭގެ ސުޕްރީމް ކޯޓު.

މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޛުކުރުމާބެހޭ ބިލުގެ ފުރަމަ ކިއުން މިއަދު އިއްވާނެއެވެ. 

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި، ބައިނަލްއަގުވާމީ ކަމާގުޅޭ އުސޫލުތަކާއި، އާންމު ރައްޔިތުންގެ އަދި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތްކުރެވިގެން، ރާއްޖޭގައި މީހެއްގެ މައްޗަށް އަދަބު ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި އިޖުރައަތުތައް ބަޔާންކުރާ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ.

އެގޮތުން، މި ބިލުގައި ދިވެހިރާއްޖޭގެ މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމަށްޓަކައި ފުރިހަމަ ވާންޖެހޭ ޝަރުތުތަކާއި، އަދަބު ކަނޑައެޅުމުގައި ކޯޓުތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައަޅައި، މަރުގެ އަދަބެއް ތަންފީޒުކުރުމުގެ ގޮތުން ދައުލަތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތަކާއި، މަރުގެ އަދަބު ކަނޑައެޅުނު މީހާއަށް ލިބިގެންވާ ހައްގުތައް ވެސް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، އަދަބު ތަންފީޒުކުރުން މަނާކުރާ ހާލަތްތަކާއި ސަބަބުތައް ބަޔާންކޮށް، އަދި އެނޫންވެސް، މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި އިޖުރާއަތު މި ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ.

ބިލުގައި މަރުގެ އަދަބު ކަނޑައެޅުމުގެ ޝަރުތުތަކުގެ ގޮތުގައި ބުނެފައިވާ ކަންކަމުގެ ތެރޭގައި ވާރިސުން އެއްބަސްވުމާއި، ޝަރީއަތުގެ ހުރިހާ މަރުހަލާއަކުން މައްސަލަ ބެލުމާއި، އަދުލުވެރިކަމާ ހަމަހަމަކަމާއެކު ޝަރީއަތްކުރުމާއި، އަދަބު ކަނޑައަޅާ މީހާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަމުގެ ހައްގު ހޯދައިދިނުން ހިމެނެއެވެ.   

ރައްޔިތުންގެ މަޖިލިސްމަރުގެ އަދަބުގެ ބިލު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0