ކެނެޑާގެ ހައިކޮމިޝަނުގެ ވަފުދުން އައްޑޫ ސިޓީ، ހުޅުދޫއާއި މީދޫ ކައުންސިލާ ބައްދަލުކޮށްފިކޮށްފިއެވެ.
މި ބައްދަލުވުންތައް އޮތީ ވަކި ވަކިން އެ ކައުންސިލެއްގެ އިދާރައިގައެވެ.

ކެނެޑާގެ ހައިކޮމިޝަނުގެ ވަފުދުން އައްޑޫ ސިޓީ، ހުޅުދޫއާއި މީދޫ ކައުންސިލާ ބައްދަލުކޮށްފިކޮށްފިއެވެ.
މި ބައްދަލުވުންތައް އޮތީ ވަކި ވަކިން އެ ކައުންސިލެއްގެ އިދާރައިގައެވެ.
އެގޮތުން، ކެނެޑާއިން ސްރީލަންކާ އަދި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ގްވެން ޓެމެލް އާއި، ސެކަންޑް ސެކްރެޓަރީ ޕޮލިޓިކަލް ކެތަރިން ބްލެންޗާޑް ވަނީ އައްޑޫ ސިޓީ، ހުޅުދޫ އަދި މީދޫ ކައުންސިލާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައެވެ.
މި ބައްދަލުވުންތަކުގައި، އަންހެނުން ބާރުވެރިކުރުވުމަށާއި ރަށުގެ ރައްޔިތުންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކަށް އަލިއަޅުވާލާފައިވާއިރު، އެ ކައުންސިލަކުން މުޖުތަމައު ބާރުވެރިކުރުވުމާއި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އަދި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކާފައިވަނީ ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދެވިދާނެ އެކި ހަރަކާތްތަކާއި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންނަށް ފައިދާހުރި ފުރުސަތުތައް ފަހިކޮށްދިނުމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، އަންހެނުން ބާރުވެރިކުރުވުމަށް ހިންގިދާނެ ޕްރޮގްރާމްތަކާއި، މުޖުތަމައުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައެވެ. އަދި ރައްޔިތުންނަށް މާނަހުރި، ދެމެހެއްޓެނިވި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް އިސްކަންދީގެން މަސައްކަތްކުރުމަށް ވެސް މި މަޝްވަރާތަކުގައި އަލިއަޅުވާލާފައިވެއެވެ.
ކެނެޑާގެ ހައިކޮމިޝަނުގެ ވަފުދާއެކު ބޭއްވި މި ބައްދަލުވުމަކީ ގުޅުންތައް އިތުރަށް ބަދަހިކޮށް، އެ ކައުންސިލްތަކުން މުޖުތަމައަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.