ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސްގެ ދެކަނބަލުން ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންނަށް އިހުސާތެރިކަމާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މިއަދު ފޮނުއްވައިފިއެވެ.

މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކުރައްވައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް އެންމެހައި ލޮބުވެތި އަހުންނާއި އުހުތުންނަށް އަރިސްކުރައްވާފައިވެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ، އެކަމަނާގެ ރަސްމީ 'އެކްސް' އެކައުންޓުން ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.

އެކަމަނާ ވަނީ، ދިވެހި ލޮބުވެތި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދެމުން، ފަހުރުވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

އަދި، ޖުމްހޫރީ ވެރިކަމުގެ ހިޔަލުގައި، މި ގައުމަށް އިތުރު ކުރިއެރުމާއި ތަމައްދުން، މިންވަރުކުރެއްވުން އެދި ދުއާ ކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ވެރިކަން، ރަސްކަމަކުން ޖުމްހޫރިއްޔަތަށް ބަދަލުވެފައިވަނީ 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ގައެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ އޮންނާނީ މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭގައެވެ.

ރައީސްރައީސުލްޖުމްހޫރިއްޔާފަސްޓް ލޭޑީޖުމްހޫރީ ދުވަސްރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން
ގުޅުންހުރި ޚަބަރު
ކޮމެންޓް 0