މަރަދޫ އަވަށު އޮފީހުގެ ފިރިހެން މުވައްޒަފުންގެ ޝަރަފުގައި ހަފްލާއެއް ބާއްވައިފި
ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ހަފްލާގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިގެންނެވި
މަރަދޫ އަވަށު އޮފީހުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންގެ ޝަރަފުގައި އެ އޮފީހުން ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
އެ އޮފީހުން ބުނި ގޮތުގައި، މި ހަފްލާއަކީ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މަރަދޫ އަވަށު އޮފީހުން ބޭއްވި މި ހާއްސަ ހަފްލާގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހުގެ މުނާސަބަތުގައި މަރަދޫ އަވަށުގެ އެންމެހާ ފިރިހެން މުވައްޒަފުންނަށް އިހްލާސްތެރި ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު މުޅި ދުނިޔޭގައި މި ދުވަސް ފާހަގަކުރަނީ ދުނިޔެއަށާއި، އާއިލާތަކަށާއި، މުޖުތަމައުތަކަށް ފިރިހެނުން ކޮށްދޭ ހެޔޮ ކަންތައްތަކާއި ފޯރުކޮށްދޭ ރަނގަޅު ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.