އޭއީއެޗްގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގެ މުއްދަތު އިތުރުކޮށްފި

އޭއީއެޗްގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގެ މުއްދަތު އިތުރުކޮށްފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން "ގޯލްޑަން 50" ގެ ނަމުގައި ކުރިއަށްގެންދާ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މުބާރާތަށް ލޯގޯ ހުށަހެޅުމުގެ މުއްދަތު މި ފެށޭ ޑިސެންބަރު މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އޭއީއެޗުން ބުނެއެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި، މި މުބާރާތަކީ 12 މާޗް 2029 ގައި އައްޑޫގައި ސަރުކާރުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތަކުގެ ދަށުން ކުރިއަށްގެންދާ މުބާރާތެކެވެ.

އޭއީއެޗުން ބުނި ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. 

މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްވަނައަށް ހޮވޭ ފަރުމާއަކީ ފާއިތުވި ފަސް ދަހަރުގެ އަޅައިލުމާއި، ހިދުމަތާއި، ކުރިއެރުން އަދި މުސްތަގުބަލުގެ ތަސައްވުރު ދައްކުވައިދޭ އަމިއްލަ އުފެއްދުމަކަށް ވާންޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ފަރުމާތައް ހުށަހަޅާއިރު، އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ބެލެނިވެރިޔާ އަދި ބައިވެރިޔާ ސޮއިކޮށްފައިވާ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ. އަދި 18 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުން ހުށަހަޅަންޖެހޭނީ ބައިވެރިޔާ އަމިއްލައަށް ސޮއިކޮށްފައިވާ އިގުރާރު ފޯމެވެ. 

މުބާރާތުގެ ގަވާއިދާއި މި ފޯމުތައް އެ ހޮސްޕިޓަލުގެ ރަސްމީ ޕޯޓަލުން ލިބެން ހުންނާނެ ކަމަށާއި، ފަރުމާތަކާއި ފޯމުތައް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ހޮސްޕިޓަލުގެ ކަމާބެހޭ އީމެއިލަށް ފޮނުވަންޖެހޭނެ ކަމަށް ވެސް އޭއީއެޗުން ބުންޏެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ޕޯޓަލް އަށް ޒިޔާރަތްކޮށްލައްވާ: https://golden50.aeh.gov.mv/

އޭއީއެޗްއައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްލޯގޯ ފަރުމާކުރުމުގެ މުބާރާތްކްލަބް އޭއީއެޗް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0